ads
މިނިސްޓަރު ނަހުލާ-- ފޮޓޯ: ވަން އޮންލައިން
ފަސިންޖަރުންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވާލަނީ
ފަސިންޖަރުންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ފަސިންޖަރުންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ އެހެން ވިދާޅުވެފައި ވަނީ ބައިނަލްއަގުވާނީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ ހިތާބުގަ އެވެ. އެގޮތުން ރާއްޖޭގެ މަދަނީ އޭވިއޭޝަން ސިނާއަތް ތަރައްގީވަމުން، ފުޅާވަމުން މިހާ ހިސާބަށް އައި އިރު، ބަދަލުކޮށް އިސްލާހުކޮށް ޒަމާނީ ކުރަން ޖެހިފައިވާ ކަންތައްތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އެގޮތުން 2020 ވަނަ އަހަރު ގެނެވޭނޭ އެންމެ މުހިންމު ބަދަލަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު އިސްލާހު ކުރުން ކަމަށާއި އިސްލާހު ކުރެވޭ ގާނޫނުގެ ސަބަބުން އެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް މިހާރަށް ވުރެ ފުރިހަމަ ގާނޫނީ ތަރަހައެއް ގާއިމުކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އަހަރު ގާނޫނީ ދާއިރާއިން ކުރަން ރާވާފައިވާ އަނެއް މަސައްކަތަކީ ފަސިންޖަރުންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވައިލުން ކަމަށެވެ.

"ސިނާއަތަށް ކުރެވޭ އިތުބާރު ބޮޑުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަދި ތަރައްގީ ހޯދުމަށް، އަޅުގަނޑުމެން މިކުރާ ދަތުރުގައި މިފަދަ ގާނޫނެއް އޮތުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ. އެހެންކަމުން، މީގެ ކުރިން ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މަސައްކަތް ކޮށްފައިވާ މި ގާނޫނުގެ ބިލު، އާންމު ކުރުމުން، ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކާއި އާންމުކޮށް އެންމެހާ އަފުރާދުން މި ޤާނޫނުގެ ދެލިކޮޕީ ދިރާސާކޮށް ހިޔާލު ހުށަހެޅުމަށް އިލްތިމާސް ކުރަމެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް