ads
ކޮވިޑަށް ޓެސްޓުކުރަނިކޮށް
ޖަރުމަނަށް ކޮވިޑްގެ ދެވަނަ ރާޅެއް އަތުވެއްޖެ
ޖަރުމަނުން މިހާރު ފެންނަމުންދަނީ ކޮވިޑް-19 ގެ ދެވަނަ ރާޅު ކަމަށް އެ ގައުމުގެ ޑޮކްޓަރުންގެ ޔޫނިއަނުން ބުނެފި އެވެ.

އަންގާރަ ދުވަހު، ޑޮކްޓަރުންގެ ޔޫނިއަން އިން ބުނީ ޖަރުމަނުގައި ކޮވިޑާއި ދެކޮޅަށް ލިބުނު ކާމިޔާބީއާއެކު އެ ގައުމުގައި އިޖްތިމާއީ ގައިދުރުކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާ ކަމަށެވެ. 

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެކަމާއި ގުޅޭގޮތުން ސާފުތާހިރުކަމާއި އިޖްތިމާއީ ގައިދުރުކަމަށް ސަމާލުވުމަށް ހެލްތް އެކްސްޕާޓުން ވަނީ އިރުޝާދު ދީފައެވެ.

ޖަރުމަނުންގެ ޑޮކްޓަރުންގެ ސަފީރެއް ކަމަށްވާ ސުސޭން ޖޯނާ ވިދާޅުވީ ކޮވިޑްގެ ކުރިން އޮތް އާދައިގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި ގިނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތައް އަމަލުނުކުރުމަކީ އެ ބައްޔާއި ދެކޮޅަށް އެ ގައުމަށް ލިބުނު ކާމިޔާބީ ފެނަށް ދާނެ ފަދަ ކަމެއް ކަމަށެވެ. އެގޮތުން ޖޯނާ ވަނީ އިޖްތިމާއި ގައިދުރުކަން ދެމެހެއްޓުމަށާއި މާސްކު އެޅުމުގެ އިތުރުން ސާފުތާހިރުކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ޔޫރޯޕްގެ އެންމެ ބޮޑު އިގްތިސާދު އޮތް ޖާމަނީގައި މީގެ ކުރިން ކޮވިޑުގެ އަސަރު އެހާ ބޮޑަށް ފޯރާފައިނުވެ އެވެ. އެގޮތުން އެގައުމުގައި ފްރާންސާއި އިޓަލީ ފަދަ ގައުމުތަކަށް ވުރެ ކޮވިޑުގައި މަރުވި މީހުންގެ އަދަދު މަދެވެ. އެއީ ޖާމަނީގެ ހެލްތް ކެއާ ސިސްޓަމް ރަނގަޅު ވެފައި، އޭރު ގިނަ ބަޔެއްގެ މެދުގައި ބައްޔަށް ޓެސްޓު ކުރެވި، އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓިފައި އޮތުމުންނެވެ.

އަންގާރަ ދުވަހު ރޮބާޓް ކޮޗް އިންސްޓިޓިއުޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖަރުމަނުގައި 879 މީހުންނަށް ކޮވިޑް ޖެހުނު އިރު މިހާރު އެ އަދަދު ވަނީ 211،281 އަށް އަރާފަ އެވެ. އަދި އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ އަށަކުން 9156 އަށް އަރާފަ އެވެ.

ޑީއައިވީއައި އިންޓެންސިވް ކެއާ ރެޖިސްޓާއިން ބުނާ ގޮތުގައި ޖަރުމަނީގައި 21،000 އާ ގާތް ކުރާ އަދަދަކަށް އިންޓެންސިވް ކެއާ އެނދު ހުރިއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 8800 އެނދުގައި މީހުން ވަނީ އެޑްމިޓް ކޮށްފަ އެވެ.

އަދި ބާކީ 12،200 އެނދު ހުރިކަމަށް ވަނީ ބުނެފަ އެވެ. ހޯމަ ދުވަހުން ފެށިގެން ކޮވިޑް ޖެހިފައިވާ 270 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން 130 މީހުންނަށް ދަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް