ads
ދޯނި އޮތް ހިސާބު
ކާށިދޫ ކަނޑަށް، ދޯންޏެއް ދިޔަވާތީ އެހީތެރިވަނީ، ހަތަރު މީހުން އެބަތިބި
ހަތަރު މީހުން ތިބި ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް، ދިޔަވާތީ އެހީތެރިވާން ފަށައިފި އެވެ.
Advertisement

ފުލުހުން ބުނީ ދިޔަވަމުން ދަނީ މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއްކަމަށެވެ. 

ދީނި ދިޔަވާން ފެށީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލައި، އޮތުމުންކަމަށް އެ ދޯނިން ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. 

މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިކަމަށް ފުލުހުން ބުނެ އެވެ. 

ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ވަނީ ކަނޑަށް ދޫކޮށްލާފައިކަމަށާއި ދޯނީގައި 4 މީހުން ތިބިކަމަށްވެސް ފުލުހުން ބުނެ އެވެ.  އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ. މި ހާދިސާގައި ދޯންޏަށް ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށްވެސް ފުލުހުން ބުނެ އެވެ. 

މެޓް އޮފީހުން މިއަދު ބުނީ ހއ. އަތޮޅުން ގދ. އަތޮޅަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން  ވަނީ ލަފާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;