ads
ޓޯންމެންޓް ތަކާއި ފެރެކްޓިސްތަށްވެސް ނުބޭއްވޭނެ----
ކުޅިވަރުގެ އެއްވެސް ހަރަކާތެއް މާލެ އާއި ހުޅުމާލޭގައި ދެން ނުބޭއްވޭނެ
އެކަކު އަނެކަކާއި ކޮންޓެކްޓްވުން މަދުކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ނުބޭއްވޭ ގޮތަށް އެޗްޕީއޭއިން ނިންމައިފިއެވެ.
Advertisement

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް، އައިޝަތު ސާމިޔާ ވިދާޅުވީ، ވީހާވެސް ބޮޑަކަށް އެކަކު އަނެކަކާއި ކޮންޓެކްޓްވުން މަދުކުރުމުގެ ގޮތުން މިވަގުތު އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ޓޯނަމެންޓްތަކާއި ކުޅިވަރު ޓީމްތަކުގެ ޕްރެކްޓިސްތަށް ނުބޭއްވޭނެ ކަމަށެވެ. 

ސާމިޔާ އިތުރަށް ވިދާޅުވީ ގިނަވެގެން ފަސް މީހުނަށް ވުރެ ގިނަ މީހުން މަގުމަށްޗަށް ނުނިކުތުމަށާއި ކަސްރަތު ކުރުމަށް ބޭރަށް ނިކުންނަ މީހުންވެސް އެކަނި ވަކި ވަކިން ނިކުތުމަށް އެދޭކަމަށެވެ.

"އަޅުގަނޑުމެންނަށް ހަަމަ ފާހަގަ ކުރެވުނު ހަމަ މިދިޔަ ހަފްތާގެ ތެރޭގައިވެސް އަމީނީ މަގުގައި ދަޑެއްގައި ކުޅިވަރުގެ ކޮންޕެޓިޝަން އެއް ކުރިއަށް ދިޔަކަން. ދެން މިގޮތަށް ބަލި ފެތުރޭ ހާލަތެއްގައި އެއްގޮތަަކަށްވެސް ރިކަމެންޑެއް ނުކުރަން މިފަދަ ކަންކަމެއް"

އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ރަފީގު ވިދާޅުވީ ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުން އެއީ  އެޗްއީއޯސީން ވަރަށް ބޮޑަށް ބާރުު އަޅާކަމެއް ކަމަށެވެ. އެހެންވީމާ ކަސްރަތު ކުރުމާއި ދުވަން ނިކުމެ އުޅޭ މީހުންގެ އިތުރުން މޫދުގައި ކަސްރަތު ކުރަން ބޭނުން މީހުން އެފަދަ ކަންކަމުގައި މަގުމަށްޗަށް އެކަނި ނިކުތުމަށް ބާރުއަޅާކަމަށެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީ އިން ވަނީ ގިނަ ވިޔަވަޅުތަކެއް އެޅިކަން އިއުލާންކޮށްފައެވެ.

އެގޮތުން މާލޭ ސަރަހައްދުގައި ރޭގަނޑު 10 އިން ފެށިގެން ފަތިހު ފަހަކަށް ކާފިއު ހިންގަން ނިންމައި، އެ ވަގުތުތަކުގައި މާލޭ ސަރަހައްދުގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ވެސް ދިނުން ހުއްޓާލުމަށް ނިންމާފައެވެ. 

އެކަމާއި ގުޅިގެން ޗީޕް ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެ ނިންމުމާއެކު މިރޭ 10:00 އިން ފެށިގެން މަގުތަކުގައި މީހުން އުޅުން މަނާވާނެ ކަމަށެވެ. އަދި 9:30 އިން ފެށިގެން ހުރިހާ ވިޔަފާރިތަކެއް ބަންދުކުރާނެ ކަމަށާއި އެހެންކަމުން އެ ލިބޭ ބައިގަޑިއިރުގެ ތެރޭގައި އަވަހަށް ގެއަށް ދިއުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް