ads
ޔުނިސެފުން ރާއްޖެއަށް އެހީފޯރުކޮށްދިނުން--
އެމެރިކާ އާއި ޔުނިސެފުން ރާއްޖެއަށް 11.6 މިލިއަން ރުފިޔާގެ އެހީ
އެމެރިކާ އާއި ޔުނިސެފް ގުޅިގެން ރާއްޖެއަށް 750000 އެމެރިކާ ޑޮލަރު (11.6 މިލިއަން ރުފިޔާ) ދީފި އެވެ.
Advertisement

ޔުނިސެފުން ބުނި ގޮތުގައި އެ އެހީތެރިކަމަކީ އަލުން އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލުތައް ހުޅުވާއިރު ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފޯރުކޮށްދޭ އެހީއެކެވެ.

އެމެރިކާ އިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓްޕްލީޒް ވިދާޅުވި ގޮތުގައި ކޮވިޑާއި ގުޅިގެން އަސަރުކުރި ގައުމުތަކަށް އެގައުމުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އިން ޔުނިސެފާއި ގުޅިގެން ރާއްޖެއަށް ފޯރުކޮށްދޭ މި އެހީގެ ދަށުން ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންގެ ރައްކާތެރިކަން ސްކޫލުތައް ހުޅުވާއިރު ކަށަވަރުކުރާނެ އެވެ. އަދި ސްކޫލުތަކަށް ސާފު ބޯފެނާއި ސާފު ތާހިރުވާން ބޭނުންކުރާ ސާމާނު ވެސް ފޯރުކޮށްދޭނެ އެވެ. 

އެ އެހީތެރިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ ޔުނިސެފްގެ މަންދޫބު، ޑރ. މުނީރު އޭ ސަފީލްދީން ވިދާޅުވީ، މިބަލި މަޑުކަމުގައި އެމެރިކާ އިން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިއްމުކަން ފާހަގަކުރައްވާ ވިދާޅުވީ މި އެހީތެރިކަން ރާއްޖެއަށް ލިބިފައި މިވަނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް