ads
ފޮޓޯ: ރައީސް އޮފީސް
އަމިއްލަ ހަރަދުގައި އެމްއޭސީއެލް އަށް ބަހުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަނީ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުން މާލެ/ހުޅުމާލެއިން ހުޅުލެއަށް ގެނެސް އަދި އަނބުރާ ގެންދިއުމަށް ބަހުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

އެމްއޭސީއެލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ ތާވަލަކައި އެއްގޮތަށް ކުންފުނީގެ މުވައްޒަފުން ހުޅުލެއަށް ގެންގޮސް އަނބުރާ ގެނައުމަށް ބަހުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދާކަމަށެވެ. 

އެއްގޮތަށް އަމިއްލަ ހަރަދުގައި ބަހުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރިން އެކުންފުނިން އިއުލާން ކުރުމުން މާބޮޑު ތަރުހީބެއް އެކަމަށް ލިބިފައި ނުވާ ކަމަށާއި އެހެން ކަމުން އެއިއުލާން ބާތިލް ކޮށް އަލުން ބީލަމަށް ހުޅުވާލާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަން އެމްއޭސީއެލް އިން އެދެއެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދޭން ވާނެ ކަމަށާއި އެގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓު 26 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00 ގައި، އެކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެ އެވެ.

ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެ އެވެ. 

އެމްއޭސީއެލް އިން ބުނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި މަސައްކަތް އެވޯޑްކުރެވޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް