އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިއަދު އިރުއޮއްސުނު ހާއިރު އެ ހާދިސާ ހިނގާފައި ވަނީ 191 ޕަސެންޖަރަކު ގޮވައިގެން ދަތުރުކުރަމުންދަނިކޮށެވެ.
އެ ހާދިސާގައި ޕައިލެޓަކާއި ދެ ޕަސެންޖަރަކު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްކުރާއިރު އާންމުވެފައިވާ ފޮޓޯތަކުން ފެނިގެންދަނީ ފްލައިޓް ވެއްޓި އޭގެ ބައިތައް މުޅި ރަންވޭއަށް ބުރައިގެންގޮސްފައިވާ މަންޒަރެވެ. އެ ހާދިސާގައި 40 އަށް ވުރެ ގިނަ މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ރަންވޭގައި ޖައްސަން އުޅުނު ވަގުތަކީ ވަރަށް ބޯކޮށްވާރޭވެހުނު ވަގުތެކެވެ.
އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި އެ ފްލައިޓަކީ ކޮވިޑާއި ގުޅިގެން އެކި ގައުމުތަކުގައި އުޅެމުންދާ އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތާވަލުކުރި ފްލައިޓެކެވެ.