ads
ރަށެއްގައި ފެން ބޮޑުވެ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ/ ފޮތޯ އެމްއެންޑީއެފް
ހިންނަވަރުގައި ވެސް ފެންބޮޑުވެ ގޭގެއަށް ފެންވަދެއްޖެ
ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ބައެއް ގޭގެއަށް ފެންވަދެއްޖެ އެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި ހިންނަވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑު ވުމުގެ ސަބަބުން ގޭގެ އަށް ފެން ވަންނަ ކަމުގެ މައުލުމާތު އެއިދާރާ އަށް ލިބިފައި ވަނީ މިރޭ 19:27 ހާއިރު ކަމަށެވެ. 

އަދި މިކަމުގެ މައުލޫމާތު ލިބުމާއި އެކު އެމްއެންޑީއެފް ނޮދާން އޭރިއާގެ ޅ. ނައިފަރު ފަޔާ ސްޓޭޝަން ގެ ސިފައިން ފެން ހިއްކާ ޕަމްޕާއި އެކު ހިންނަވަރަށް ގޮސް ދެ ޕަމްޕު ބޭނުން ކޮށްގެން ރަށުގެ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސޯލިހް ސީއެންއެމް އަށް ވިދާޅުވި އެވެ. 

މުހައްމަދު ސޯލިހް ވިދާޅުވީ ވާރޭ ވެހުން މިވަގުތައް އޮތީ ހުއްޓިފައި ކަމަށާއި ވާރޭ އިތުރަށް ވެހިއްޖެ ނަމަ ބޮޑެތި ގެއްލުން ތަކެއް ވެގެން ދާނެ ކަމަށެވެ. އެގޮތުން މިއަދު ވާރޭ ވެހެމުން ދިޔަ ގަޑީގައި ގިނަ ގެ ތަކަކުން ކައުންސިލަށް ގެއްލުންތައް ހުށައަޅަމުން ދިޔަ ކަމަށް މުހައްމަދު ސޯލިހް ވިދާޅުވި އެވެ. 

މުހައްމަދު ސޯލިހް ވިދާޅުވީ، ފަސް ގެއަކަަށް ފެން ވަންނަމުން ދާތީ ރިޕޯޓް ކޮށްފައި ވާކަމަށާއި، އަދި ހަތަރު ގެއެއްގެ ފާހަނައިން ފެން އަރަމުންދާތީ ވެސް ރިޕޯޓްކޮށްފައި ވާކަމަށެވެ. 

އެމްއެންޑީއެފް އިން ރަށުގެ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާއިރު، ފެން ވަންނަ ގޭގެއަށް ބޭނުންވާ ވެލި ބަަސްތާވެސް ފޯރުކޮށްދެމުން އަންނަ ކަމަށް މުހައްމަދު ސޯލިހް ފާހަގަކުރެއްވި އެވެ. 

މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިންނަވަރުގެ އިތުރުން ނައިފަރު އަދި ކުރެންދޫގައި ވެސް ވަނީ ފެންބޮޑުވެ ގޭގެއަށް ފެންވަދެފަ އެވެ. 

އެގޮތުން ނައިފަރުގެ ހަތަރު ގެއަކަށް ފެން ވަންނަމުން ދާތީ އެމްއެންޑީއެފް އިން ވަނީ އެސަރަހައްދުތަކުން ފެން ހިންދުމަށްޓަކައި ޕަންޕު ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް މިހާރު ފަށާފައި އެވެ. އަދި ކުރެންދޫގެ ބައެއް ސަރަހައްދުގައި ފެންގަނޑު ބޮޑުވެފައިވާތީ އެސަރަހައްދުތަކުން ފެން ހިންދުމަށްޓަކައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް އިން ވަނީ ފަށާފައި އެވެ. 

ގިނަ ރަށްތަކަކަށް މޫސުން ގޯސްވެ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އތުރުގެ ރަށްތަކަށް މިއަދު މެންދުރު 14:15 އިން ފެށިގެން ވައިޓް އެލާޓް ނެރެފަ އެވެ. 

އޭގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.

މެޓުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް