ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ނަންފުޅުގެ ތެރޭގައި ހިމެނޭ ފާތިމަތު ދިޔާނާ ސައީދު -- ފޮޓޯ / ސަން
ބާރުތައް ދިނުމުން ވެސް އިންސާފު ހޯދައިދިނުން ލަސްވުން ބަލައެއްނުގަނެވޭ: ދިޔާނާ
ބޭނުންވާ ހުރިހާ ބާރެއް ރައްޔިތުން ވަނީ ދީފައި ކަމަށާއި އިންސާފު ހޯދައިދިނުމުގައި ލަސްވެގެންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement
ދިޔާނާ އެގޮތަށް ވިދާޅުވެފައި ވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ މިއަދަށް ހަ އަހަރުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ކުރެއްވި ޓްވީޓަކަށް ދެއްވި ރައްދެއްގަ އެވެ.
 

އީވާ ވިދާޅުވީ ރިލްވާން ސަލާމަތުން ހޯދިފައި ނުވާއިރު އޭނާއަށް އަދިވެސް އިންސާފު ހޯދައިދެވިފައި ނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ. 

އެކަމާއި ގުޅިގެން ދިޔާނާ ވަނީ އެވާހަކަތަކުން ނުފުދޭނެ ކަމަށާއި އެދިވަޑައިގަންނަވާ ހުރިހާ ބާރެއް ރައްޔިތުން ދިންއިރު ވެސް އިންސާފު ހޯދައިދިނުމުގައި ލަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

އަދި "ފައިންޑް މޮޔަ މީހާ" އަކީ ހޭޝްޓެގެއް ނޫން ކަމަށާއި އެއީ ދައުލަތުގެ މައްޗަށް އޮތް އިލްތިމާޒެއް ކަމުން، އިންސާފު ހޯދައިދެއްވުމަށް ވަނީ ގޮވާލައްވާފަ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. މިއަދު ރިލްވާން ގެއްލުވާލިތާ ހަ އަހަރު ފުރިގެންދާއިރު އާއިލާއިން ތިބީ ރިލްވާނަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ރިލްވާންގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން ބުނާ ގޮތުގައި ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާއަށް ފާރާލީ ދީނީ ހަރުކަށި ޖަމާއަތުގެ ބައެކެވެ. 

އަދި ގަދަކަމުން ކަނޑުގައި އަޅާފައި އޮތް އުޅަނދަކަށް އަރުވާ، މަރާލުމުގެ ކުރިން ޝަހާދަތް ލައިދީފައި ކަމަށް ވެސް ބުނެ އެވެ. އަދި މަރާލުމަށް ފަހު ކަނޑު ފައްތާފައިވާ ކަމަށް ވެސް މަރު ކޮމިޝަނުން ބުނެ އެވެ.

ހާމަކަން ބޮޑު ތަހުގީގެއް ކުރުމަށް ފަހު ރިލްވާނަށް އިންސާފު ހޯދައިދެއްވުމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް