ads
ނާއިބު ރައީސް ފައިސަލް ތިލަފުށީގައި؛-- ފޮޓޯ: ރައީސް އޮފީސް
ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ނައިބު ރައީސް ބައްލަވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، ކުނިން ހަކަތަ އުފެއްދުމަށް މާލެ ސަރަހައްދުގައި ކުރިޔަށްގެންދާ މަޝްރޫއު ބައްލަވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނާގޮތުގައި ނައިބު ރައީސް އިއްޔެ ހަވީރު ތިލަފުއްޓަށް ކުރެއްވި އެ ޒިޔާރަތުގައި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި މާލެ ސަރަހައްދުގައި ކުރިޔަށްގެންދާ ގްރޭޓާ މާލޭ ވޭސްޓް-ޓު-އެނާޖީ ޕްރޮޖެކްޓް ހިނގާ ސަރަހައްދަށް ވަޑައިގެން، އެ މަޝްރޫއުގައި އަމަލީގޮތުން ހަރަކާތްތެރިވާ ޓީމާއި ބައްދަލުކުރައްވާފައިވެ އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އެ ޒިޔާރަތުގައި އެމަނިކުފާނު ވަނީ ކުނިން ހަކަތަ އުފެއްދުމަށް ކުރިޔަށްގެންދާ އެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާގޮތާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އެކަމާއި ގުޅިގެން ރައީސް އޮފީހުން އިތުރަށް ބުނީ މެނޭޖްކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ސަރަހައްދަށް ވަޑައިގެން ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރެއްވި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ވެމްކޯއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި އެކުންފުނިން އެ ހިދުމަތް ފުޅާކުރުމަށް ކުރަން ރާވާފައިވާ މަސައްކަތްތަކާ ބެހޭގޮތުންވެސް އެމަނިކުފާނު މައުލޫމާތު އޮޅުންފިލުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އެ ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓާ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް