ads
އިންޑިއާގެ ކެރެލާ އަށް ވެއްޓުނު ފްލައިޓް
ވެއްޓުނު އޭއާ އިންޑިއާ ފްލައިޓުގެ ކަޅުފޮށި ހޯދައިފި
ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވި އެއާ އިންޑިއާ އެކްސްޕްރެސް ފްލައިޓުގެ ކަޅުފޮށި ހޯދައިފި އެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެކްސިޑެންޓު ހިންގި ސަރަހައްދާއި މާ ދުރުނޫން ހިސާބަކުން ކަޅުފޮށި ހޯދާފައިވާއިރު އޭގައި ހުރި މައުލޫމާތު ނެގުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތައް ދަނީ ކުރަމުންނެވެ. 

ފްލައިޓުގެ ކަޅު ފޮއްޓަކީ ކޮކްޕިޓުގައި ހިންގާ މުއާމަލާތްތަކުގެ އިތުރުން ފްލައިޓުގެ އުދުހުމާއި ބެހޭ މުހިންމު މައުލޫމާތުތައް ރައްކާ ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ އެއްޗެކެވެ. މީގެ ބޭނުން އެންމެ ބޮޑަށް ޖެހިގެންދަނީ ފްލައިޓަށް ދިމާވާ އެކި ކަހަލަ ހާދިސާތައް ތަހުގީގު ކުރުމުގައެވެ. 

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހުކުރު ދުވަހު އިރުއޮއްސުނު ހާއިރު އެ ހާދިސާ ހިނގާފައި ވަނީ 191 މީހުން ގޮވައިގެން ދަތުރުކުރަމުންދަނިކޮށެވެ. ހާދިސާގައި ޕަސެންޖަރުންގެ ތެރެއިން 16 މީހަކު މަރުވަފައި ވާއިރު، އިތުރު 15 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވެއެވެ. މި ހާދިސާގައި ފްލައިޓު ދެ ޕައިލެޓުން ވެސް ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް