ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރު، ފިޓް ޖެހިގެން މަރުވެއްޖެ އެވެ.

Advertisement
ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރު، ފިޓް ޖެހިގެން މަރުވެއްޖެ އެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ އެ ޑޮކްޓަރު މަރުވެފައި ވަނީ މިއަދު ހުކުރު ވަގުތުގައެވެ. އެގޮތުން އޭނާ މަރުވީ ފިޓް ޖެހިގެން ކަމަށް ކައުންސިލުގެ ރައީސް އިބްރާހިމް ސިރާޖްއާ ހަވާލާދީ ވަގުތު އޮންލައިންގައި ބުނެއެވެ.
ސިރާޖް ވިދާޅުވި ގޮތުގައި ޑޮކްޓަރު މަރުވެފައި ވަނީ ކުޑަހުވަދޫ ހޮސްޕިޓަލުގައެވެ. ބެލެވޭ ގޮތުގައި ޑޮކްޓަރު މަރުވެފައި މިވަނީ ބަލިވެގެން ފަރުވާ ހޯދަމުން ދަނިކޮށެވެ.
ސިރާޖު ވިދާޅުވެފައި ވަނީ އެ ޑޮކްޓަރުގެ ހަށިގަނޑު، އޭނާގެ ގައުމަށް ފޮނުވުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަރުވެފައިވާ ޑޮކްޓަރަކީ މުސްލިމެއް ކަމަށް ވެއެވެ.