ads
ކޮއި މިލް ގަޔާ އަށް 17 އަހަރު!
ބޮލީވުޑްގެ ކާމިޔާބު ފިލްމު ކޮއި މިލް ގަޔާ އަށް 17 އަހަރު ފުރިއްޖެ އެވެ.

ފިލްމު ރިލީސް ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮއި މިލް ގަޔާ ބަލާ ފޫހި ނުވާ މީހުން އެބަ އުޅެ އެވެ. އެގޮތުން މި ފިލްމަކީ ހުރުހާ އުމުރު ފުރާއެއްގެ މީހުންގެ މަގްބޫލުކަން ހޯދާފައިވާ ފިލްމެކެވެ.  

ހާއްސަ ކޮށް ފިލްމުން ފެނިގެންދާ އޭލިއަން، ޖާދޫ އަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާ ފައިވާ ކެރެކްޓާ އެކެވެ. 

ރިތިކް ރޯޝަން އާއި ޕްރިތީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ރިލީސް ކޮށްފައި ވަނީ 2003 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު އެވެ. 

މި ފިލްމަށް 17 އަހަރު ވުން ފާހަގަ ކުރުމަށް ރިތިކް ވަނީ އޭނާ އާއި ޖާދޫގެ ވީޑިއޯ އެއް ވެސް އިންސްޓަގްރާމް ގައި ޝެއާ ކޮށްފަ އެވެ. ޔޫ ގޮޓް އަ ފްރެންޑް އިން މީ، ލަވަ ބެކްގްރައުންޑް ގައި ޖަހައިގެން ވީޑިއޯ އެޑިޓް ކޮށްފައެވެ. 

ރިތިކް ވަނީ އެ ފިލްމު އެހާ ކާމިޔާބު ކަމާއެކު ގެންދެވުނީތީ ފިލްމުގައި މަސައްކަތްކުރި މީހުންނަށް ޝުކުރުވެސް އަދާ ކޮށްފަ އެވެ. އަދި އޭނާ އާއި އެކު ލީޑް ރޯލުން ފެނުނު ޕްރިތީ އަށް ޝުކުރު އަދާކޮށް ޕްރިތީ އާއ ނުލާ ފިލްމު ފުރިހަމަ ނުވާނެ ކަމަށް ވެސް ބުނެފަ އެވެ. 

ޕްރިީތީ އެ ޕޯސްޓަށް ކޮމެންޓް ކޮށްފައި ވާއިރު، އޭނާ ވަނީ އެ ފިލްމުން ފެނިގެން ގޮސްފައި ވަނީ ރިތިކްގެ އެންމެ މޮޅު އެކްޓިން ކަމަށް ވެސް ބުނެފަ އެވެ. އަދި އެއީ އެ ދެތަރިން އެކުގައި ކުޅެފައިވާ އެންމެ ލޯބި ފިލްމުކަމަށް ވެސް ޕްރިތީ ބުނެ އެވެ. 

ޕްރިތީ ވެސް ވަނީ ފިލްމުގެ ލަވައެއް ކަމަށްވާ، ޔެ ތޫނޭ ކިޔަ ކިޔާ، ގެ ވީޑިއޯ އިންސްޓްގްރާމް ގައި ޕޯސްޓް ކޮށް ފިލްމުގެ ހަނދާންތައް އާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް