ads
ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ 53 ރަށަކަށް ދިރާގުން ފޯރުކޮށްދެމުންދޭ—
ދިރާގުޓީވީ އަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދެމަހުގެ ފީ މުޅިން ހިލޭ
ދިރާގު ޓީވީ އަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދެމަހުގެ ފީ މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދިރާގު ޓީވީ ގުޅައިދިނުމާއިއެކު ޑީކޯޑަރު ވެސް ހިލޭ ލިބޭނެ އެވެ.


ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ 53 ރަށަކަށް ދިރާގުން ފޯރުކޮށްދެމުންދާއިރު އެކުންފުނިން ބުނީ މަސައްކަތް ކުރަމުން އަންނަނީ ދިރާގު ޓީވީ މެދުވެރިކޮށް ހަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށެވެ. 

މިހާރުވެސް 73 ޕަސެންޓު ގޭބިސީ އަށް މި ހިދުމަތް ފޯރުކޮށްދެމުންދާ ދިރާގު ޓީވީން ވަނީ މި ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ސްޓާ ޗެނަލްތައް ވެސް ތައާރަފް ކޮށްފައެވެ. 

ދިރާގު ޓީވީގައި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު، އެޗްޑީ ކޮލިޓީގައި ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ފޯރުކޮށްދޭ ރާއްޖޭގެ ޑިޖިޓަލް ފުރަތަމަ ޓީވީއަކީވެސް ދިރާގު ޓީވީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް