ads
ބާދްޝާހް ވަނީ ޓެއިލާ ސްވިފްޓުގެ އެންމެ ފަހުގެ ރެކޯޑް ވެސް މުގުރާލާފަ—
ބާދްޝާހް މިފަހަރު މިހެދީ ކިހިނެތް، ޓެއިލާ ސްވިފްޓްގެ ރެކޯޑްވެސް މުގުރާލައިފި
ބާދްޝާހްގެ “ޕާގަލް ހެ” މިލަވަޔަށް 24 ގަޑިއިރު ތެރޭގައި ލިބުނު 75 މިލިއަން ވިއުއާއިއެކު ޓެއިލާ ސްވިފްޓް ގެ އެންމެ ފަހުގެ ރިކޯޑްވެސް މިވަނީ ފުނޑާލާފަ އެވެ.
Advertisement

މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ބާދްޝާހްގެ “ޕާގަލް ހެ” މި ލަވަ ރިލީސްކުރިތާ 24 ގަޑިއިރުތެރޭ 75 މިލިއަން މީހުން މި ލަވަ ބަލާފައިވެއެވެ. 

ބާދްޝާހްގެ ލަވަތަކަށް މީގެ ކުރިންވެސް މިލިއަނުން ވިއު ލިބިފައިވެއެވެ. އެހެންނަމަވެސް މިފަހަރު މައްސަލައަކަށް ވެގެން މިއުޅެނީ ރިލީސް ކުރި ފުރަތަމަ ދުވަހުވެސް ލަވައިގެ ދުނިޔޭގައި ރެކޯޑްތައް ބިންދަމުންދާ މަޝްހޫރު ޓެއިލާ ސްވިފްޓް އަދި ބީޓީއެސް ބޭންޑް ފަދަ މީހުންގެ ރިކޯޑްތައް ވެސް މި ލަވަޔާއިއެކު ފަހަތްށް ޖައްސާލާފައިވާތީއެވެ.

ގޫގަލްއިންވެސް މި ލަވައަށް އެއްދުވަސްތެރޭ ލިބުނު ގިނަ ވިއުސްތަށް ރިޖެކްޓް ކޮށްފައިވާތީ ސައިބާ ސެލް އިން ވަނީ މިމައްސަލަ ބަލަން ފަށާފައެވެ. 

އެއާއިއެކު މުމްބައި ޕޮލިސް ހާމަކޮށްފައި ވާގޮތުގައި ބާދްޝާހް ވަނީ މިލަވަޔަށް އިތުރު ފޭކް ވިއުސް ހޯދުމަށްޓަކައި 72 ލައްކަ ރުފިޔާ ހޭދަކޮށްފައެވެ. އަދި އެކަމަށް އޭނަ އެއްބަސް ވެފައިވާކަމަށްވެސް މުމްބައި ޕޮލިސް ބުނެފައިވެއެވެ.

“ އޭނަ މިހާރު ވަނީ އެކަމަށް އެއްބަސްވެފަ. އޭނަ ބުނީ 72 ލައްކަ ރުފިޔާ ހަރަދު ކޮށްފައިވަނީ 24 ގަޑިއިރުތެރޭ އެންމެ ގިނަ ލައިކްސް ލިބިފައިވާ ލަވަޔަކަށް އޭނަގެ ލަވަ ހަދަން ބޭނުންވެގެން ކަމަށް .”

10 ގަޑިއިރުގެ އިޓަރޮގޭޝަންއަކަށް ފަހު ޝާހް އެކަމަށް އެބަސް ވެފައިވާކަމަށް މުމްބައި ޕޮލިހުން ބުނެފައިވާއިރު ޝާހް ވަނީ އޭނަގެ އޮފިޝަލް ސްޓޭޓްމެންޓެއްގައި އެކަމަށް އިންކާރުކޮށްފައެވެ. 

ޝާހް ބުނީ އޭނަ އެކަހަލަ ކަމެއް ކޮށްފަ ނުވާނެކަމަށާއި ފުލުހުންނަށް ދޭންޖެހޭ ހުރިހާ ބަޔާނެއް ދީފައި ވާނެކަމަަށެވެ. އަދި އެކަން ރަނގަޅު ގޮތަކަށް ނިމިގެން ދާނެކަމަށް ގަބޫލްކުރާކަމަށާއި އޭނަ ދުވަހަކުވެސް އެކަހަލަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބަދްޝާހްގެ ބަޔާނުގައި ބުނެފަ ވެއެވެ. 

ބޮލީވުޑުގެ މަޝްހޫރު ރެޕާ ބާދްޝާހް އަކީ މީގެ ކުރިންވެސް ބޮލީވުޑުގެ ލަވައިގެ ރިކޯޑްތަށް ހަދާފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާގެ ލަވަތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރާއިރު މިހާތަނާށް ތަފާތު ލަވަތަކުން ބޮލީވުޑުގެ ލަވައިގެ ދުނިޔެ ބަދަލުކޮށްލި އެކަކީވެސް އޭނާ އެވެ.  އެކަމަކު މިފަހަރު ބާދްޝާހް މިވަނީ ދުނިޔޭގެ އެންމެ ގިނަ މީހުން ބެލި ޔޫޓިއުބް ވީޑިއޯގެ ރެކޯޑްވެސް މުގުރާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް