ads
ޓިމް ކުކް: އެޕަލްގެ ސީއީއޯ.-- ފޮޓޯ: ގެޓީ އިމޭޖަސް
މިހާރު އެޕަލްގެ ސީއީއޯ އަކީ ވެސް ބިލިޔަނަރެއް
މަޝްހޫރު އައިފޯނާއި މެކް ލެޕްޓޮޕް އުފައްދާ އެމެރިކާގެ އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކްގެ މިލްކިއްޔާތު އެއް ބިލިޔަން ޑޮލަރަށް ވުރެ މަތިވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓިމްގެ މިލްކިއްޔާތު ބިލިޔަނަކަށް ވުރެ އިތުރުވެފައިވަނީ، ހިއްސާގެ ބާޒާރުގައި އެޕަލްގެ އަގު މަތިވަމުން އަންނާތީ އެވެ. އެޕަލްގެ ހިއްސާގެ އަގު މަތިވަމުން އަންނަނީ، ލަފާކުރި ވަރަށް ވުރެ އަޕަލްގެ ވިޔަފާރި ރަނގަޅުވުމުންނެވެ.

އެޕަަލްގެ ސީއީއޯގެ ޕޭ ޕެކޭޖްގެ ތެރެއިން ޓިމް އަށް އެ ކުންފުނީގެ 847،969 ހިއްސާ ލިބެ އެވެ. މިދިޔަ އަހަރު އެކަނި ވެސް އެ ކުންފުންޏަށް ޖެހުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބެހި އަދަދާއި އެކު، ޓިމް އަށް ވަނީ 125 މިލިޔަން ޑޮލަރު، ހިއްސާގެ ފައިދާގެ ގޮތުގައި ލިބިފަ އެވެ. 

ކެލިފޯނިޔާގެ ޓެކް ގާނޫނުތައް ހުންނަ ގޮތުން، ޓިމް ހިމެނެނީ އެންމެ މަތިން އާމްދަނީ ލިބޭ މީހުންގެ ތެރޭގަ އެވެ. އެހެންކަމުން އޭނާގެ އާމްދަނީގެ 50 ޕަސެންޓް ވަރު، ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. އަދި ޓިމް ވަނީ އޭނާގެ މިލްކިއްޔާތުގެ ބޮޑު ބައެއް ޑޮނޭޓް ކުރާނެ ކަމަށް، 2015 ވަނަ އަހަރު އިއުލާނު ކޮށްފަ އެވެ. 

ހިއްސާގެ ބާޒާރުގައި އެންމެ ފުރަތަމަ ފަހަރަށް ޓްރިލިޔަން ޑޮލަރަށް އެރީ ވެސް އެޕަލް އެވެ. އަދި މިހާރު އެ ކުންފުނީގެ ހިއްސާގެ އަގު އުފުލެމުން އަންނަ އިރު، ކުންފުނީގެ މިލްކިއްޔާތު ދެ ޓްރިލިޔަން ޑޮލަރަށް އެރުމަށް ވަނީ ކައިރިވެފަ އެވެ. 

ކޮވިޑް-19 ޕެންޑަމިކް އާ އެކު، އެޕަލްގެ އިތުރުން އެހެން ޓެކް ކުންފުނިތަކުގެ ވިޔަފާރި ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން ދާދި ފަހުން ފޭސްބުކްގެ ހިއްސާގެ އަގު ބޮޑުވެ، އެ ކުންފުނީގެ ވެރިޔާ މާކް ޒުކަބާގްގެ މިލްކިއްޔާތު 100 ބިލިޔަން ޑޮލަރަށް ވަނީ އަރާފަ އެވެ. އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހެއްގެ ގޮތުގައި ހުރި ޖެފް ބޭޒޯސް އަކީ އެމޭޒޮންގެ ވެރިޔާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް