ads
ރ. މީދޫގެ މަގެއް---
ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު މަރުވެއްޖެ
ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު މަރުވެއްޖެ އެވެ.

އެރަށު ކައުންސިލުގެ ރައީސް ހުސެއިން އަފީފް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އުމުރުން 72 އަހަރުގެ އެ އަންހެން މީހާ މަރުވެފައި ވަނީ މިއަދު 10:40 ހާއިރެވެ. 

މިމަހުގެ އަށް ވަނަ ދުވަހު، ހޯމް ކަރަންޓީނަށް ރަށަށް އައި އެމީހާ މަރުވެފައި ވަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށެވެ. 

އަފީފް ވިދާޅުވި ގޮތުގައި އެމީހާއަކީ އިންޑިއާއަށް ކެންސަރަށް ފަރުވާ ހޯދުމަށް ދިޔަ މީހެކެވެ. އެކަމަކު އެކޮޅުން އިތުރަށް ފަރުވާދެވެން ނެތުމުން އަނބުރާ ރާއްޖެ އައީ އެވެ. 

އަފީފް އިތުރަށް ވިދާޅުވި ގޮތުގައި އެމީހާ މަރުވުމާއި ގުޅިގެން މިހާރު ވަނީ ކޮވިޑަށް ސާމްޕަލް ނަގާފަ އެވެ. އަދި ޓެސްޓްކުރުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ސާމްޕަލް ފޮނުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ. 

އަފީފް ވިދާޅުވީ ސާމްޕަލްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ދިމާވެއްޖެނަމަ އެމީހާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނީ ކޮވިޑުގައި މީހުން މަރުވުމުން އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް