އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ އެސް.ޕީ.އައި.އޭ އޭޝިއާ އެވޯސްޑްގެ "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯރޓްސް" ކެޓަގަރީއިން ބްރޯންޒް އެވޯޑް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހާސިލް ކޮށްފިއެވެ.

Advertisement
އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ އެސް.ޕީ.އައި.އޭ އޭޝިއާ އެވޯސްޑްގެ "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯރޓްސް" ކެޓަގަރީއިން ބްރޯންޒް އެވޯޑް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހާސިލް ކޮށްފިއެވެ.
އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ދުނިޔޭގެ ތަރިންނާ އެކު 600 އަށް ވުރެ ގިނަ ޑެލިގޭޓްސް ބައިވެރިވި މި އެވޯޑް ހަފުލާ އޮތީ ސައުތު އީސްޓް ގޭމްސްގެ ރަސްމީ ހަރަކާތްތަކުގެ ހަވާސާގައި، ޑިސެމްބަރު 2-3 އަށް ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާޓް މެނީލާ ހޮޓަލުގައެވެ.
މި ވާދަވެރި އެވޯޑް ތަކަށް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބައިނަލް އަގުވާމީ ބޮޑެތި ދުވުންތަކާއެކު ވަނީ ވާދަކޮށްފައިއެވެ. ހުރިހާ ކެޓަގަރީއެއްގެ ދުވުންތައްވެސް އިންސާފުކޮށްދެއްފައިވަނީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރު ޖަޖިންގ ޕެނަލް އަކުން ބައިނަލް އަގުވާމީ ކުޅިވަރ އެވޯޑް ތަކުގެ މިންގަޑުތަކަށް ފެތޭގޮތަށެވެ.
މީގެ އިތުރުން ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ އިތުރު 4 ކެޓަގަރީ އަކުން ނޮމިނޭޓް ވެފައެވެ.
މިއަހަރުގެ ރޭހުގައި ދިރާގުން ވަނީ ސައުތު އޭޝިއާގައިވެސް އަލަށް 5ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް މި ރޭސް ޓީވީ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކޮށްފައިއެވެ.
ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ، މަހުމޫދް ދައްސަރ ވިދާޅުވިގޮތުގައި، އެސްޕީއައީއޭ ފަދަ މި ސަރަހައްދުގެ ކުޅިވަރު އިވެންޓްތަކުގެ އެވޯޑް ޕްލެޓްފޯމެއްގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާބިޔާބީއެއް ލިބުމަކީ ދިރާގާއި މުޅި ރާއްޖެއަށްވެސް ލިބޭ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއްކަމަށެވެ. އަދި އޭޝިއާގެ ގަދަ 10 ކުޅިވަރުގެ ހަރަކާތްތަކާއި ބްރޭންޑްތަކާ އެކު ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާމިޔާބީއެއް ލިބިގެން ދިޔުމަކީ ރޭހަށް ހާސިލްކުރެވުނު ވަރަށްވެސް ބޮޑު އަދި މުހިންމު ލަނޑުދަޑިއެއްކަމަށެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުނިޔޭގެ ފެންވަރުގައި ވިދާލަމުން އަންނަ ދުވުމެކެގެ. އެގޮތުން 2018 ވަނަ އަހަރު އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގުވާމީ ސޯޝަލް އެވޯޑްގެ ގަދަ ތިނެއްގައި ވެސް މި ރޭސް ވަނީ ހިމެނިފަ އެވެ.