ads
ިނިއުޒިލެންޑްގެ ބޮޑު ވަޒީރު--
102 ދުވަހަށް ފަހު ނިއުޒިލޭންޑުން ކޮވިޑް ކޭހެއް ފެނިއްޖެ
ނިއުޒިލޭންޑުން ކޮވިޑް-19 ގެ ކޭސް އެއް ނުފެންނަތާ 102 ދުވަސް ފަހުން އެ ގައުމުން މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

އަންގާރަ ދުވަހު އެގައުމުން ކޮމިއުނިޓީ ސްޕްރެޑްގެ ފުރަތަމަ ކޭސް ފެނުމާއި އެކު ނިއުޒިލޭންޑުގެ ބޮޑުވަޒީރު، ޖަސިންދާ އާޑާން ވަނީ އެ ގައުމުގެ އެންމެ ބޮޑު ސިޓީ ލޮކްޑައުންކޮށް ރައްޔިތުންނަށް ގެއިން ބޭރަށް ނުދިއުމަށް އަންގާފަ އެވެ. 

ޖަސިންދާ އާޑާން ވިދާޅުވީ އޯކްލޭންޑް ސިޓީގެ އާއިލާއެއްގެ ހަތަރު ފަރާތް ބައްޔަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. އަދި އެމީހުންނަށް ބަލި ޖެހުނީ ކިހިނެއްކަން އަދި ނޭނގޭ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. 

ނިއުޒިލޭންޑުގެ ބޮޑުވަޒީރު ވިދާޅުވީ، 102 ދުވަހަށް ފަހު އައިސޮލޭޝަން ފެސިލިޓީތަކުގެ ބޭރުން، ކޮމިއުނިޓީގެ ތެރެއިން ފުރަތަމަ ކޭސް ފެނިފައި ވާއިރު، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރިހެން ބަލި ފެނިއްޖެ ދެން ކަންކުރާނެ ގޮތަށް ވެސް އެ ގައުމު އޮތީ ތައްޔާރަށް ކަމަށެވެ. 

އެކަމަނާ ވަނީ  ދުނިޔޭގެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ހިނދަކު ކޮވިޑް-19 ގެ ދެވަނަ ރާޅެއް ނާންނާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ކޮވިޑް ފެތުރެން ފެށުމާއެކު ނިއުޒިލޭންޑުގައި ފިޔަވަޅުތައް ވަރުގަދަ ކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

އެ ގައުމުން އެންމެ ފަހުން ކޮމިއުނިޓީ ޓްރާންސްމިޝަނެއް ފެނިފައި ވަނީ މެއި މަހުގެ އެއް ވަނަ ދުވަހެވެ. 

ކޮވިޑުން އަރައި ގަނެވުން ނަމަވެސް ނިއުޒިލެންޑުގެ ރައްޔިތުންނާއި ހާއްސަ ހުއްދައެއް ލިބިފައިވާ ފަރާތްތައް ފިޔަވައި، އެހެން ހުރިހާ ފަރާތްތަކަށް ވެސް އެގައުމުގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފަ އެެވެ. އެގޮތަށް ގައުމަށް ދަތުރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އައިސޮލޭޝަން ފެސިލިޓީތަކުގައި ވަނީ ބައިތިއްބާފަ އެވެ.  

ނިއުޒިލޭންޑުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 1507 އަށް އަރާފަ އެވެ. އަދި އެގައުމުން ކޮވިޑް-19 ގެ ސަބަބުން މަރުވެފައި ވަނީ 22 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް