ads
ފްލެޓެއްގެ ބިއްލޫރިގަނޑު ތަޅައިގެންގޮސްފައި--
ޓާޓާ ފްލެޓުތަކުގެ ދޮރުފަތްތަކުގެ ބިއްލޫރިތައް ބަދަލުކުރަނީ
އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ގާކޮށި އަދި ވޭސައިޑް ފްލެޓުތަކުގެ ބިއްލޫރިތައް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ގާކޮއްޓާއި ވޭސައިޑް ފްލެޓުތަކުގެ ދޮރުތަކުން "ހަމަ ހުރެފައި" ބިއްލޫގަނޑު ތަޅައިގެންދާތީ އެކަމުގެ ޝަކުވާ އެތަނުގައި އުޅެމުން އަންނަ މީހުން ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.  

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ގާކޮށި އަދި ވޭސައިޑް ފެލްޓުތަކުގެ ދޮރުތަކުގެ ބިއްލޫރިތައް ބަދަލުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ހަވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި ބިޑް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ބިޑް ހުށަހަޅަން ޖެހޭނީ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީހުގެ ތިން ވަނަ ފަންގިފިލާއަށް ކަމަށް ވެސް ބުނެ އެވެ. 

އެޗްޑީސީން އިތުރަށް ބުނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 50000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޓާޓާ ފްލެޓުތަކުގެ ބިއްލޫރި ދޮރުތައް ބަދަލުކޮށްދޭނެ ފަރާތެއް އެޗްޑީސީން ހޯދަމުން އަންނައިރު މީގެ ކުރިން ވެސް އެތަނުގެ ދޮރުތަކުގެ ބިއްލޫރިގަނޑު އަމިއްލައަށް ތަޅައިގެންގޮސްފައި އެބަހުއްޓެވެ. އެގޮތުން ބިއްލޫރިގަނޑު ތަޅައިގެންގޮސް މަޗުމައްވަށް ވެސް ބިއްލޫރިތައް ވެރިފައި އެބަހުއްޓެވެ. 

އެތަނުގައި އުޅޭ މީހުން ލަފާކުރާ ގޮތުގައި އެތަނުގެ ދޮރުތަކުގައި ހުންނަ ބިއްލޫރިއަކީ ރާއްޖޭގެ މާހައުލާ އެހާ ގުޅޭ ބިއްލޫރިއެއް ނޫނެވެ. އެހެންކަމުން ބިއްލޫރިތައް ތަޅައިގެން ދަނީ އޯވާ ހީޓްވެގެން ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް