ads
އޭޑީބީ
ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ ފެސިލިޓީއެއް ގާއިމްކުރުމަށް އޭޑީބީއިން 73 މިލިއަން ރުފިޔާ
ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ ފެސިލިޓީއެއް ގާއިމްކުރުމަށް އޭޑީބީއިން 73 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

ކުނީގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައި އޮންނައިރު ދިހަ ހެކްޓަރު އޮންނަ ތިލަފުށީގެ ކުނި އުކާ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 830 ޓަނަށް ވުރެ ގިނަ ކުނި އުކާލެވި، އަންދާލެވެ އެވެ.

1992 ގައި ގާއިމްކުރެވުނު އެސައިޓުގެ ސަބަބުން ވަށައިގެންވާ ތިމާވެއްޓަށް ގެއްލުން ލިބި އެކަމަކީ ނުރައްކަލެއްކަމަށާއި އަދި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ގެއްލުން ހުރިކަމެއް ކަމަށް އޭޑީބީން ބުނެ އެވެ.

އޭޑީބީގެ ސައުތް އޭޝިއާގެ އަރްބަން ޑިވެލޮޕްމެންޓް ސްޕެޝަލިސްޓެއް ކަމަށްވާ ލޫކާ ޑި މާރިއޯ ވިދާޅުވާ ގޮތުގައި ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ ފެސިލިޓީއެއް ގާއިމްކުރެވޭނީ ހަރުދަނާ ނިޒާމެއްގެ މައްޗަށް ބިނާކޮށެވެ. 

500 ޓީޕީޑީ ކެޕޭސިޓީގެ ވޭސްޓް ޓު އެނާޖީ (ޑަބްލިއުޓީއީ) ޕްލާންޓެއްގެ އިތުރުން 250 ޓީޕީޑިގެ ދެ ޓްރީޓްމަންޓް ލައިނާއި އަށް މެގަވޯޓް ކަރަންޓު ސާޕްލަސް ހަކަތަ ރިކަވަރީ ފެސިލިޓީއެއް ގާއިމްކުރެވޭނެ ކަމަށް އޭޑީބީއިން ބުނެއެވެ. އަދި ވައި ތަގައްޔަރުވުން ކޮންޓްރޯލް ކުރެވޭނެ ސިސްޓަމަކާއި ކުނި ނައްތާލުމަށް ކުނިކޮއްޓެއް ވެސް ހަދާނެ ކެމެށް ބުންޏެވެ. 

އޭޑީބީން އިތުރަށް ބުނި ގޮތުގައި އެ މަޝްރޫއުތަކަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ކުނި އުކުމަށް ބޮޑު ސަރަހައްދެއް ބޭނުން ކުރަން ނުޖެހޭނެ ގޮތަށް އެތައް ލުއިތަކެއް ގެނެސްދޭ ކަމެކެވެ. 

އެ މަޝްރޫއު އަމިއްލަ ފަރާތަކާއި ހަވާލުކޮށްފައިވާ ކަމަށާއި 15 އަހަރަށް ބަލަހައްޓައިދޭނެކަމަށް އެ ބޭންކްއިން ބުނެއެވެ.

އެ މަޝްރޫއުއަށް 151.13 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި ކޯ ފައިނޭންސިންގްގެ ގޮތުގައި އޭޝިއަން އިންފްރަސްޓްރަކްޗަ އިންވެސްޓްމެންޓް ބޭންކް އިން 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެކި ފިނޭންސް ހަރަދުތަކަށް ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒަމްގެ ޖަޕާން ފަންޑުން 10 މިލިއަން ރުފިޔާގެ ގްރާންޓެއް ދެވޭން ކަމަށް އެ ބޭންކް އިން ބުނެއެވެ.

އީޕީއޭ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަންނީ ގާބިލްކަން އިތުރުކުރުމުގެ ގޮތުން 500،000 ޑޮލަރުގެ ގްރާންޓެއް ދެވޭނެ ކަމަށް އެ ބޭންކްއިން ބުނެއެވެ. އަދި މި މަޝްރޫއުއަށް ރާއްޖެ ސަރުކާރުން 27.74 މިލިއަން ޑޮލަރު ހަރަދުކުރެވޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް