
މިއަހަރާއި ހަމައަށް އާއިރު ބަޖާޖުވެސް މުޅިން ހުރީ ބަދަލުވެފައެވެ. މި ރޯލް އެންމެ ފަހުން ކުޅުނު ކަރަން ސިންގް ގުރޯވާ ވެސް މިވަނީ މި ޑުރާމާގެ ލީޑް ރޯލުން ފެންނަ ބަޖާޖްގެ ރޯލް ދޫކޮށްލަން ނިންމާފައެވެ.
ހިންދީ ޑުރާމާ ސީރީޒް ތަކުން ތަފާތު އެތައް ރޯލެއްގައި ކާމިޔާބު އެތައް ޑްރާމާއެއް ކަރަން ކުޅެފައިވެއެވެ. އެގޮތުން ދިލް މިލްގަޔާ އިން ޑރ. އަރްމާންގެ ރޯލް އާއި ހޭޓް ސްޓޯރީ އަދި ބިރުވެރި ފިލްމް އެލޯން ފަދަ ތަފާތު އެތައް ރޯލް އަކުން ކަރަން ވަނީ ފެނިގެންގޮސްފައެވެ.
ކަސޯޓީގެ ބަޖާޖުގެ ރޯލް ދޫކޮށްލަނީ ކީއްވެތޯ ކުރެވުނު ސުވާލަށް ކަރަން ބުނެފައިވަނީ މިވަގުތުގެ ހާލަތަށް ބަލައި އެކަން އޮތްގޮތް ކަމަށެވެ.
ބޮލީވުޑް ނިއުސްތައް ބުނާގޮތުން އެ ޑުރާމާގެ ލީޑް ރޯލުން ފެނިގެންދާ ޕާތް ސަމަތާން އާއި އެރިކާ ފަރްނާންޑޭ ވެސް މިހާރު އެ ޑްރާމާ ދޫކޮށްލާ ވާހަކަތައް ވެސް ދެކެވެމުންދެއެވެ.