ads
ފޮޓޯ: ފޮރިން މިނިސްޓްރީ
ކިއުބާގައި ތިބި ދަރިވަރުންނަށް ކެއާ ޕެކޭޖް ފޮނުވައިފި
ކިއުބާގައި ކިޔަވަން ތިބި ނުވަ ދިވެހި ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއާ ޕެކޭޖްތައް ފޮނުވައިފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ކޮވިޑް-19 ގެ ސަބަބުން އާންމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއާ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކު ކަމަށެވެ.

އެކަމަށް މަގިފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

އެގޮތުން ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާ ކަމަށާއި ކެއާޕެކޭޖް ފޮނުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް އެފެއާޒް މިނިސްޓްރީ އަދި އެމްއޭސީއެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން ފޮރިން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީ އިން ފާހަގަކުރެ އެވެ. 

މިނިސްޓްރީ އިން އިތުރަށް ބުނީ، އެ މަސައްކަތް ހިނގަމުން ދިޔަ ގޮތް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަރަށް ގާތުން ބައްލަވާފައިވާ ކަމަށެވެ. 

ފޮރިން މިނިސްޓްރީ އިން ވަނީ މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖްތައް ފޮނުވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް