ads
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ޖުލައި މަހު ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 582.7 މިލިއަން ރުފިޔާ
ފާއިތުވި ޖުލައި މަހު ޓެކްސްގެ ގޮތުގައި 582.7 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައި ވާކަމަށް މޯލްޑިވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މިރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު މީރާ އަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި ލިބިފައި ވަނީ 4.1 މިލިއަން ޑޮލަރެވެ. އަދި ރުފިޔާގެ ގޮތުގައި ލިބިފައި ވަނީ 519.7 މިލިއަން ރުފިޔާ އެވެ. 

ޖުލައި މަހު މީރާ އަށް ޓެކުހުން ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ގުޑްސް އެންޑް ސާވިސަސް ޓެކްސް އިން ނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި މީރާ އަށް ވަނީ 284.3 މިލިއަން ރުފިޔާ ލިބިފަ އެވެ. 

އޭގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ފާއިތުވި މަހު މީރާ އަށް ލިބިފައިވާ އިރު، ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 20.5 މިލިއަން ރުފިޔާ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 270.3 މިލިއަން ރުފިޔާ ޖުލައި މަހު މީރާ އަށް ލިބުނެވެ.

މީރާ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި ޖުލައި މަހު ލިބިފައި ވަނީ 5.5 މިލިއަން ރުފިޔާ އެވެ. އަދި ލޭންޑް ސޭލްސް ގެ ގޮތުގައި 269,955 ރުފިޔާ ލިބިފައި ވާއިރު، ރެވެނިއު ސްޓޭމްޕްގެ ގޮތުގައި 157,548 ރުފިޔާ ވަނީ ލިބިފަ އެވެ. 

ފާއިތުވި އަހަރުގެ ޖުލައި މަހު މީރާ އަށް ވަނީ އާމްދަނީގެ ގޮތުގައި ޓެކުހުން 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ 41.4 މިލިއަން ޑޮލަރާއި އާއި 1.3 ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް