ads
ރައީސް ސޯލިހާއި މިނިސްޓަރު އަމީން--
އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅަން ފަސް ނުޖެހޭނަން: ހޫދު
ކޮވިޑާއި ގުޅިގެން ނެރެފައިވާ އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި މި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.
Advertisement

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީންކޮށްފައިވާ ހަރަދުތައް އޮޑިޓްކުރުމަށް ފަހު އޮޑީޓާ ޖެނަރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުތައް ނެރުމާއެކު އެ ދެ މިނިސްޓްރީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. 

އެކަމާއި ގުޅިގެން ތަރުޖަމާނު ހޫދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ރިޕޯޓް ސަރުކާރަށް ރަސްމީކޮށް ލިބުމާއެކު އޭގައިވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ނެރުނުއިރު އޭގައިވަނީ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ގެނައި މެޑިކަލް ރެސްފޮންސް ޓީމަށް ވެސް ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމެވެ. 

މިއަދު ނެރުނު ހެލްތު މިނިސްޓްރީގެ ރިޕޯޓުން ވެސް އެނގޭ ގޮތުގައި ވެންޓިލޭޓަރުތައް ގަންނަން ހަވާލުކުރުމުގައި ވެސް ބޮޑެތި މަކަރާއި ހީލަތްތަކެއް ހަދާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް