ވާހަކަ: ދުއާ--
ވާހަކަ: ދުއާ
06 ޑިސެމްބަރ 2019 - 14:53:27
ވަރަށް ހިތްވަރު ކޮށްފައި ތެދުވެވޭތޯ ބަލައިލީމެވެ. އިސް އުފުލާ ކުރިއަށް ބަލައިލީމެވެ. އެނދުހުރީ ދެ ތިން ފޫޓު ދުރުގައެވެ. މަޑުމަޑުން ކަކޫ ކުރިއަށް ޖައްސައިލެވޭތޯ ބަލައިލީމެވެ. ފިރުކެމުން ފިރުކެމުން ކަހަލަ ގޮތަކަށް ކުރިއަށް ދެވޭތޯ ބަލަމުން ދިޔައީމެވެ. ވައަތުން ވަރު ދިޔައެވެ. ނަމަވެސް ވައަތު ފައިގެ އިނގިލި ކުރިތައް ޖައްސައިލަމުން މަޑުމަޑުން ހަށިގަނޑު ކުރިއަށް ކޮށްޕައިލީމެވެ. ހީވަނީ ބަރު އެއްޗެއް ކޮށްޕައިލެވޭ ހެންނެވެ. އެހައި ވެސް ހަށިގަނޑު ބަރެވެ.

ވަރަށް ހިތްވަރު ކޮށްގެން އެނދާ ހަމަައަށް ދެވުނެވެ. އޭރު މީހާ ވަނީ ގުނބު ހިލިފައެވެ. ނޭވައި ކުރުވެފައެވެ. ނޭވާ އަވަސް ވެފައެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހިތްވަރު ކޮށްފައި ކަނާއަތުން އެނދުގައި ހިފައިލީމެވެ. އެނދުގެ ފަޑީގައި ކަނާއަތުން ހިފައި އެނދާ ކައިރިވެވޭތޯ ބެލީމެވެ. ވައަތުގައި އެއްވެސް ވަރެއް ނެތް ހެން ހީވިއެވެ. ވައަތްފަޅި ވަނީ ފިނިވެފައެވެ. ނަމަވެސް ވައަތުގެ ފައި ހަރަކާތް ކުރެވެއެވެ.
މަޑުމަޑުން އެނދަން އެރޭތޯ ބެލީމެވެ. ވަރަށް ހާލުން އެނދުގައި ބޯ އަޅުވައިގެން ކަނާއަތުގެ އެހީއާއެކު ވައަތުފައި ކޮށްޕަމުން އެނދަށް އެރުނެވެ. އޭރު މީހާ ވަނީ ރަނގަޅަށް ގުނބު ހިލިފައެވެ. މާނޭވާ ލެވެމުން ދިޔައެވެ. އިރުކޮޅެއް ވަންދެން އެނދުގައި އޮވެލުމަށް ފަހު ވަރުބަލި ފިލުމުން ތެދުވާން ބޭނުންވީއެވެ.
އޭރު ހަށިގަނޑުގައި ހުރި ބާރުގަނޑު ކޮންމެ ވެސް ވަރަކަށް ލުއި ވެފައި ހުރިހެން ހީވިއެވެ. މަޑުމަޑުން ކޮޅަށް ތެދުވެވޭތޯ ބެލީމެވެ. ބަރު ހަރަކާތްތަކަކާއެކު ކޮޅަށް ތެދުވެވުނެވެ. ކަނާއަތު ފައި އިސްކުރަމުން ހިނގައި ގަތީމެވެ. ވައަތު ފައިގައި ވެސް މައްސަލައެއް ނެތެވެ. ނަމަވެސް ވައަތް ފަޅީގައި އާދަޔާ ޚިލާފު ބަރު ކަމެއް ހުއްޓެވެ. އެހެންވެ ހިނގައިލެވެނީ ވެސް އެ ފަރާތަށް އަރިކޮށްނެވެ.
ވަރަށް ހާލުގައި އުޅެމުން ކޮޓަރިން ބޭރަށް ނުކުމެ މައިގެ ތެރެއަށް ނަޒަރު ހިންގައިލީމެވެ. މުޅި ތަން އޮތީ އަމާން ކޮންނެވެ. މީހެއްގެ ހިލަމެއް ހުވަމެއް ނެތެވެ. ފާރުގައި އެއް އަތުން ހިފަހައްޓައިގެން ލަސް ފިޔަވަޅު ތަކާއެކު ދެވުނީ ޒޫނާގެ ކޮޓަރިއާ ހަމައަށެވެ. ކޮޓަރީގައި ދެ ފަހަރަކު ޓަކި ޖަހައިލެވުނެވެ. ދޮރު ހުޅުވާލިކަން އެނގުނެވެ. ދެން ވީ ނުވީއެެއް ނޭނގުނެވެ. މަންޒަރު އެކުގައި ފުސްވީއެވެ. މުޅި ތަން ހުދުވީއެވެ.
ލޯހުޅުވާލެވުނީ ގަދަކަމުންނެވެ. އަހަންނަށް ފެންނަމުން ދިޔައީ އެއް ފަރާތެވެ. ވައަތް ފަރާތުން އެއްވެސް އެއްޗެއް ނުފެނެއެވެ. އެހެން ނަމަވެސް އަހަރެން ހިތުން އަހަރެން އޮތީ ވައަތު ލޯ ވެސް ހުޅުވައިގެންނެވެ. އެ ލޮލަށް ފެންނަނީ ކަލުކުލައެވެ. އިތުރު އެއްވެސް އެއްޗެއް، އެއްވެސް ތަނެއް އެ ލޮލަކަށް ނުފެނެއެވެ.
"މަންމާ!" އަހަންނަށް އިވުނީ ޒޫނާގެ އަޑެވެ.
ޒޫނާގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. ހީވަނީ އެތައް އިރެއް ވަންދެން ރޮއި ރޮއިފައި ޒޫނާ ވާހަކަ ދައްކަން ފެށިހެންނެވެ. އަހަރެންގެ ހިތުގައި ސުވާލުތައް އޮހެމުން ދިޔައެވެ. އަޑު އިވުނު ދިމާއަށް ބޯ އަރި ކޮށްލެވޭތޯ ބެލީމެވެ.
"ނޫން މަންމާ! އެއްވެސް ދިމާއަކަށް، އެއްވެސް ތަނަކަށް ބަލާނެ ކަމެއް ނެތް. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. މަންމަ ތި އޮތީ މިހާރު މާލޭގަ،" ކުރަކި ވެފައިވާ އަޑަކުން ޒޫނާ ބުނެދިނެވެ. "މިއީ ހޮސްޕިޓަލް. ދެން މާ ބޮޑަށް ކަންބޮޑު ނުވޭ. ހުރިހާ އެންމެ ވެސް ވެސް އެބަތިބި. މި ތަނަށް ވަދެވެނީ ފަހަރަކު މީހަކަށް. އެންމެ އެ ތިބީ ބޭރުގަ. ބައްޕަ ވެސް އެބަހުރި."
އަހަރެން ވާހަކަ ދެއްކޭތޯ އަނގަ ހުޅުވައިލީމެވެ. ދޫ ވެސް ހީވަނީ ބަރު ރަބަރު ގަނޑެެއް ހެންނެވެ. ދޫ ގުޑުވައި ލެވޭ ވަރެއް ވެސް ނުވެއެވެ. ވަކީން ބޮޑަށް ދުލުގެ ވައަތް ފަޅި ބަރުހެން ހީވެއެވެ. އަހަރެން ޔަގީންކޮށްލަން ބޭނުންވެގެން އަނގަށް ހުޅުވައިލެވޭތޯ ބަލައިލީމެވެ.
"މަންމާ އިހަށް އެއްވެސް ހަރަކާތެއް ނުކޮށް ރީތިކޮށް އޮވެލާ. އިރާދަކުރެއްވިއްޔާ ލަހެއް ނުވެ މަންމައަށް ވާހަކަ ވެސް ދެއްކޭނެ. ލޮލަށް ވެސް ފެންނާނެ،" ޒޫނާ އަހަންނަށް ފެންނަ ވަރަށް އޭނާގެ މޫނު ކައިރިކޮށްލިއެވެ. "މަންމަގެ ވައަތު ލޯ ނުލެއްޕޭތީ، އެސްފިޔަ ނުޖެހޭތީ ތި އޮތީ ވަގުތީ ގޮތުން ބެންޑޭޖު ކޮށްލައިފަ. ޑޮކުޓަރު ބުނީ ދޫ ވެސް ހަރަކާތް ކުރެވެން ފެށޭނޭ."
އަހަރެން މިހާ ބަލިވީ ހެއްޔެވެ؟ އަހަންނަށް މި ދިމާވީ ކޮން ކަމެއް ހެއްޔެވެ؟ ރޭ ނިދަން އޮށޯތީ ގަދަފަދަ ކަންމަތީގައެވެ. ހޭލަންވީ އިރަށް ލޮލުގެ ފެނުން ވެސް ގެއްލުނީ ހެއްޔެވެ؟ ދޫ ވެސް ބަންދުވީ ހެއްޔެވެ؟ އަހަންނަކީ ވާހަކަ ނުދެއްކޭ މީހަކަށް ބަދަލުވީ ހެއްޔެވެ؟ އިޚްތިޔާރުން ބޭރުގައި އަހަންނަށް ރޮއި ގަނެވުނެވެ. ލޮލުން ހޯސް ލައިފައި ކަރުނަތައް އޮހިގަތެވެ. ކަރުނަތައް ލޮލުގެ ދެ ފަރާތުން ބޭރުވާން ފެށިއެވެ.
"މަންމާ! ހުއްޓައިލާ. މަންމަ ރޮންޏާ އަހަންނަށް ވެސް ރޮވޭނެ. މަންމަ ޖެހޭނެ ވަރަށް ހިތްވަރު ގަދަވާން. މަންމަ ޖެހޭނެ ތިޔަ ކަމުން ސަލާމަތްވާން. މަންމައަކީ އަހަރުމެންގެ ރޫހް. އަހަރުމެންގެ ވިންދު. މަންމައަށް ޓަކައި އަހަރުމެން މި ތިބީ،" ޒޫނާގެ އަޑުގައި ވޭނީ އިހުސާސްތައް އިތުރުވަމުން ދިޔައެވެ. "މަންމަގެ ތިޔަ ބަލިން މަންމަ ސަލާމަތްވާނެ. މަންމަ ސަލާމަތްވާނެ! މަންމަ ޖެހޭނީ ކެތްތެރިވާން. ކެތްތެރީންނާ އެކު ﷲ ވޮޑިގެންވަނީ. އެއީ މަންމަ އަހަރުމެންނަށް ދަސްކޮށްދިން ކަމަކީ. ކެތްކުރުން. ދަތި އުނދަގޫ ހާލަތްތަކަށް ކެތްކުރުން. ޝަކުވާ ނުކުރުން. މަންމާ! ނުރޮއި ހުއްޓައިލާ."
އަހަރެންގެ ލޮަލުން ފައިބަމުން ދިޔަ ކަރުނަތައް ޒޫނާ ފޮހެލަދިނެވެ. ޒޫނާގެ ބަސްތަކުން އަހަރެންގެ ހިތުގައި ޖަހަމުން ދިޔަ ވިންދަށް ހިތްވަރު ލިބެމުން ދިޔައެވެ. އަޒުމު އާލާވިއެވެ. މަޑުމަޑުން އަހަރެން ބޯ ހަރަކާތްކޮށްލީމެވެ. އާއެކޭ ބުނާ ފަދަ ގޮތަކަށެވެ. އެކަމަކު ވެގެން އުޅޭ ގޮތް ފަހުމު ނުވާތީ އުފެދެމުން ދިޔަ ސުވާލުތައް މަތިމައްޗަށް އެމުނެމުން ދިޔައެވެެ.
ތިން ދުވަސް ފަހެވެ. އަހަރެން ވޯޑަށް ބަދަލު ކުރިއެވެ. އޭރު ވެސް ވައަތު ލޯ މަތިން ބެންޑޭންޖު ނުނަގައެވެ. އަހަންނަށް ޝައްކު ކުރެވެން ފެށުނެވެ. ލޮލުގެ ފެނުން ގެއްލިދާނެތީއެވެ. އެކަމާ ފިކުރު ކުރެވޭ މިންވަރު އިތުރުވިއެވެ.
"ކިހިނެއްވީ މަންމާ؟" އަހަރެން ދޮށީ ދަރިފުޅު ހައްސާނު ސުވާލު އަމާޒުވީ އަހަރެންގެ ކަނާއަތު ލޮލުން ކަރުނަ ހިލޭ ތަން ފެނުމުންނެވެ. "ތަނަކަށް ދަތުވަނީތަ؟ ނޫނީ ކަމަކާ ފިކުރު ބޮޑުވަނީތަ؟"
"މަންމަގެ ލޯ." ވަރަށް އުނދަގުލުން އަހަންނަށް ބުނެވުނީ އެ ވަރަށެވެ.
"ޑޮކުޓަރުން ބުނަނީ ވަރަށް ތަފާތު ވާހަކައެއް." ހައްސާނު ފުން ނަޒަރަކުން އަހަންނަށް ބަލައިލިއެވެ.
އެއަށްފަހު ގާތުގައި އިން ޒޫނާގެ މޫނަށް ހައްސާނު ބަލައިލިތަން އަހަންނަށް ފެނުނެވެ. އެ މޫނު މަތީގައިވަނީ މާޔޫސް ކަމެވެ. އުއްމީދެއް ނެތް ކަމުގެ އަސަރުތަކެވެ.
"މަންމާ! ޑޮކުޓަރުން އެކި ފަހަރު ބުނަނީ އެކި ވާހަކަ. ލޮލުގެ ޚާއްޞަ ޑޮކުޓަރު ބުނަނީ އެ ގޮތަށް އެސްފިޔަ ނުޖެހި ލޯ ހުޅުވިފައި ހުންނަން ވެއްޖެ ނަމަ ލޮލަށް ވަރަށް ގެއްލުންވާނޭ. އެހެންވީމަ މަތީ ރަވަ އާއި ތިރީ ރަވަ އެއްކޮށްލައިފަ ވަގުތީ ގޮތުން ފަހާށޭ ޖެހޭނީ،" ޒޫނާ ފަރުވާތެރި ކަމާއެކު އަހަރެންގެ މޫނަށް ބަލަމުން ދިޔައެވެ. "އެއްވެސް އުއްމީދެއް ނެތޭ ރަނގަޅު ވާނެ ކަމުގެ."
"އެކަމަކު އަހަރުމެން އެކަމާ ދެކޮޅު ހަދާތީ އިހަށް ބެންޑޭޖު ކޮށްފަ މި އޮތީ،" ހައްސާނުގެ ލޮލަށް ކަރުނަތައް އިތުރުވަމުން ދިޔައެވެ. "މިއަދު މެންދުރު ފަހު އިންޑިޔާއަށް ފުރަން ތައްޔާރުވަމުން މިދަނީ. ލަސްވަނީ މި ތަނުން ދޫކޮށް ނުލައިގެން. ބައްޕަ ވެއްޖެ ދަތުރަށް ތައްޔާރުވާން ގެއަށް ގޮސް."
"މަންމަ މާ ބޮޑަށް ހާސް ނުވޭ. މި އަލަށް ދިމާވާ މައްސަލައެއް ނޫން. ހައްވައްތަމެންގޭ ފާތުމައަށް ވެސް މިކަން ދިމާވި. އޭނާ ވެސް ފަރުވާކޮށްގެން އެއްކޮށް ރަނގަޅު ވެއްޖެ. އެކި މީހުންނަށް މިކަން ދިމާވަނީ އެކި މިންވަރަށް. އެ ދިމާވާ ގޮތަކުން އުފުލަން ޖެހޭ ވޭން އިތުރުވަނީ. ފަރުވާއަށް ހޭދަވާ މުއްދަތު ގިނަވަނީ." ޒޫނާ އޮޅުންފިލުވައިދިނެވެ.
"މި ކޮން ކަމެއްތަ؟" ލަސްލަހުން އަހަންނަށް ބުނެވުނީ އެހެންނެވެ.
"މިއީ ވެސް ބައްޔެއް؟ ބެލްސް ޕަލްސީ ކިޔާ ބައްޔެއް. ސިކުނޑީގެ އެއްފަރާތުގަ ހިމެނޭ ނާރެއް ބްލޮކް ވުމުން ދިމާވާ މައްސަލައެއް. ޑޮކުޓަރުން ބުނަނީ އެކަން ރަނގަޅު ކުރުމަކީ އުނދަގޫ ކަމެކޭ. އެކި މީހުންނަށް ދިމާވަނީ އެކި ގޮތަކަށޭ. ނާރަށް ގެއްލުން ލިބިފައިވާ މިންވަރަކުން ލިބޭ ގެއްލުން ބޮޑުވެދާނޭ،" ހައްސާނު އަހަރެންގެ މޫނަށް ބަލައިލިއެވެ.
"މަންމަގެ ވައަތް ފަރާތު މޫނު މަތި އެއްފަރާތަށް ދަމާފައި، އޮރިވެފަ އެ ހުންނަނީ ވެސް އެހެންވީމަ. އެސްފިޔަ ނުޖެހެނީ ވެސް، ވައަތް ފަރާތުގެ ނާރުތަކަށް އެކަމުން އަސަރު ކޮށްފަ ހުރީމަ. ދުލުގެ އެފަރާތަށް ވެސް. ރަހަބެލުމަށް ވެސް މިކަމުން އަސަރުކުރާނެ."
"ދެން މަންމަ ޖެހޭނީ ވަރަށް ހިތްވަރުކޮށްފަ މިކަމުން ސަލާމަތްވާން. ނާރުތަކަށް ދިމާވާ ކަންކަމަކީ ކަސްރަތުކޮށްގެން، ފިޒިއޯ ދީގެން ރަނގަޅު ކުރެވޭނެ ކަންކަން. އެހެންވީމަ މޫނުގެ ކަސްރަތު ވެސް ކުރަން ޑޮކުޓަރުން އެ ކިޔައި ދެނީ. މަންމަ ހިތްވަރުކޮށްފަ ވައަތް ފަަރާތަށް ކަސްރަތު ލިބޭ ގޮތަށް ދޭތެރެ ދޭތެރެއިން އަމިއްލައަށް ވެސް ޑޮކުޓަރުން އެ ކިޔައިދިން ކަހަލަ ކަސްރަތު ކޮށްލެވޭތޯ ބަލައިބަލަ." ޒޫނާ ހިތްވަރު ދެމުން ދިޔައެވެ.
ޒޫނާއާއި ހައްސާނު ކޮޅަށް ތެދުވިއެވެ. އަހަރެން ބަލަމުންދާ ޑޮކުޓަރު އައުމުންނެވެ.
"އައްސަލާމް އަލައިކުމް. ދައްތާ ކިހިނެއް މިހާރު؟" ޑޮކުޓަރު ޝަރީފު ހިނިތުންވެލިއެވެ.
ބަދަލުގައި އަހަރެން ލުއި ހިނިތުންވުމަކުން ޑޮކުޓަރަށް ބަލައިލީމެވެ.
"ކުރިއަށް ވުރެ ރަނގަޅު." ޒޫނާ ވެސް ލުއި ހިނިތުންވުމަކާ އެކު ޑޮކުޓަރަށް ބަލައިލިއެވެ.
"މި ބައްޔަށް އޮތް އެންމެ ބޮޑު ފަރުވާއަކީ ހިތްވަރު ކުރުން. ކެތްތެރިކަމާއެކު ކުރިމަތިލުން. މި ފޮނުވާލަނީ އާއިލާގެ ފަރާތުން އިތުރު ފަރުވާއަށް ބޭރަށް ދާން ބޭނުން ވާތީ. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް ދޭނީ އެއްކަހަލަ ފަރުވާއެއް." ޑޮކުޓަރ ބަލައިލީ ހައްސާނުގެ މޫނަށެވެ.
"ދެން؟" ހައްސާނު ސުވާލުގެ ނަޒަރުން ޑޮކުޓަރަށް ބަލައިލިއެވެ. "އަސްލު މިކަން މެދުވެރިވަނީ ކީއްވެގެންތޯ؟"
"މިހެން މި ދިމާވަނީ ޝޮކެއް ނުވަތަ ކުރިމަތިވާ ހާދިސާއެއްގެ ސަބަބުން ހަތްވަނަ ކަރނިއަލް ނާރު، ނޫނީ މޫނާ ގުޅުން ހުންނަ ނާރަށް ލިބޭ ގެއްލުމުގެ ސަބަބުން. އެ ނާރަކީ މޫނުގެ ބައިތަކާ ގުޅިފައިވާ ނާރު. ނާރަށް ލިބޭ ގެއްލުމުގެ ސަބަބުން މޫނުގެ އެއްފަޅިން ވާގިނެތި ޕެރަލައިޒް ވަނީ. މިކަން މެދުވެރި ވަނީ އާއްމުކޮށް މޫނަށް. މޫނުގެ އެއްފަރާތަށް. އެހެންވެ މޫނުގެ އެފަޅީގެ މަސްތައް ސޮހިފަ ހުންނަނީ،" ޑޮކުޓަރ ޝަރީފު ލުއި ހިނިތުން ވުމަކާއެކު ހައްސާނުގެ މޫނަށް ބަލައިލިއެވެ. "ބައެއް ދިރާސާތަކުން ދައްކާ ވައިރަލް އިންފެކްޝަނަކުން ވެސް މިހެން ދިމާވެދާނެ ކަމަށް. މިހާތަނަށް މިކަން ޑައިގުނޯސް ކުރާނެ ޚާއްޞަ ޓެސްޓެއް ނެތް. މި ފެންނަ ކަންކަމަށް ބަލައިފަ ގޮތެއް ނިންމަނީ ވެސް މި. މިކަމަށް ޚާއްޞަ ފަރުވާއެއް ވެސް އަދި ނެތް."
"ތި ވިދާޅުވަނީ މިކަން އެއްކޮށް ރަނގަޅު ނުވާނެތޯ ތަ؟" ޒޫނާ އޭނާގެ ދެ އަތުގެ އިނގިލިތަކާ ކުޅެމުން ސުވާލުކޮށްލިއެވެ.
"އެހެންނެއް ނޫން. ޝިފާ ދެއްވަނީ އެކަލާނގެ. ކެތްތެރިކަމާއި ހިތްވަރު ކުރުމަކީ ބައެއް ބަލިބަލީގެ ޝިފާ،" ލުއި ހިނިތުންވުމަކާ އެކު ޑޮކުޓަރ އަހަރެންގެ މޫނަށް ބަލައިލިއެވެ. "ދުޢާކޮށް ދަންނަވާ. އިޚްލާސްތެރިކަމާއެކު ދަންނަވާ ދުޢާގެ ބަރަކާތް މާ ބާރުގަދަވާނެ."
"ތިޔަ ވިދާޅުވަނީ މިއީ ފަރުވާއެއް ނެތް ބައްޔެކޭތޯ ތަ؟" ހައްސާނަށް ދޭހަ ނުވި ކަހަލައެވެ.
"މެޑިކަލީ މާ ބޮޑު ފަރުވާއެއް ނެތް. އޮތީ ދިމާވެފައިވާ ކަންކަމަށް ބަލައި ފަރުވާ ކުރުން. އެކަމަކު މުސްލިމުންނަށް ގޮތް ހުސްވެގެން ނުވާނެ. ހުރިހާ ކަމެއްގައި ވެސް ޚާއްޞަ ފަރުވާއެއް ވަނީ ދަސްކޮށްދެއްވާފަ. މި ދަންނަވަނީ ކޮންމެ ކަމެއްގައި ވެސް އެންމެ މޮޅު ޝިފާއަކީ ދުޢާ އޭ،" ހައްސާނުގެ ކޮނޑުގައި ޑޮކުޓަރުގެ އަތްބާއްވައިލަމުން ހިނިތުންވެލިއެވެ. "މިއީ އެކި އުމުރުގެ މީހުންނަށް ޖެހޭ ބައްޔެއް. އެކި މީހުން ރަނގަޅު ވުމަށް އެކި މުއްދަތު ނަގާ. މީގައި އޮތީ މި ދެންނެވި ގޮތަށް ކެތްތެރިކަމާއެކު ފަރުވާގެ މަތީގައި ދެމި ތިބުން."
އަހަންނަށް އިތުރު ހިތްވަރެއް ލިބުނެވެ. ޑޮކުޓަރުގެ ވާހަކަތަކުން އަހަރެންގެ އަޒުމު އާވިއެވެ. ބޭހަށްވުރެ ބާރު ގަދައީ އެހެން މީހުންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކެވެ. ބޭސް ސިޓީތަކަށް ވުރެ ޑޮކުޓަރުންގެ ފަރާތުން ލިބޭ މި ފަދަ ހިތްވަރުގެ ބަސްތަކުން ލިބޭ ފަރުވާ މާ ފުރިހަމަ ވާނެ ކަމަށް ހިތް ބުނެލިއެވެ.
މިއަދު އަހަންނަށް ކުރީ ދިރުޅުމަށް އާދެވިއްޖެއެވެ. އަހަރެންގެ ބަލީގެ ޝިފާއަކަށްވީ އާއިލާއިން ކޮށްދިން އަގު ނުކުރެވޭ މަސައްކަތްތައް އެކަންޏެއް ނޫނެވެ. ލޯތްބާއެކު ފިރުމައިދިން ފިރުމައިދިނުންތަކެއް ވެސް ނޫނެވެ. ކެތްތެރިކަމާއެކު ކުރެވުނު މަސައްކަތްތަކާ އެކުވެ ކުރެވުނު ދުޢާ ތަކެވެ. އަހަރެންގެ އާއިލާއިން އެ ފަރާތުގައި ދެންނެވި ދެންނެވުންތަކެވެ.
އަހަންނަށް އެ މަންޒަރުތައް ފެނުނެވެެ. ކޮންމެ ނަމާދަކަށް ފަހު ހަސީނު ވެސް ލޮލުން ކަރުނަ އޮހޮރޭ ހާލު އިނދެ އެ ދަންނަވާ ދެންނެވުންތައް އަހަންނަށް އިވުނެވެ. މިކަމުގައި އަހަރެންގެ ފަސް ދަރީން ހިނގީ ވެސް ހަސީނުގެ ފިޔަވަޅު މަތީގައެވެ.
ދުޢާއަކީ ކިހައި ބާރު ގަދަ ހަތިޔާރެއްކަން އަބަދުވެސް އަހަރެންގެ ހަނދާނުގައި ހުންނާނެއެވެ. މި ހުރިހާ ހިތްވަރެއް ލިބުނީ އެ ދުވަހު ޑޮކުޓަރު ދެެއްވި ހިތްވަރު ބަސްތަކުންނެވެ. ދެމަސް ތެރޭގައި އަހަންނަށް ހުރިހާ ކަމަކުން މިންޖުވެވުނީ އިޚްލާސްތެރިކަމާއެކު ކުރެވުނު ދުޢާ ތަކުންނެވެ. ދެންނެވުނު ދެންނެވުން ތަކުންނެވެ. އިޚްލާސްތެރިކަމާއެކު ކުރެވޭ ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރެވެ. އެންމެ މޮޅު ޝިފާއެވެ.
(ނިމުނީ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް