ads
ބަޔަކު ޑައިވް ކުރަނީ--
ހިތާމަވެރި ހާދިސާއެއް ދިމާވުމުގެ ކުރިން ޑައިވް ކުރުމުގައި ސަމާލުވޭ!
ކޮންމެ ދުވަހަކު ރާއްޖޭގެ ރީތިކަން ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ރާއްޖެއަށް ދަތުރުކުރެ އެވެ. އެމީހުންނަށް ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ އެވެ. އެގޮތުން ގަދަ ނޫކުލައިގެ ކަނޑުގައި ރަން މުތްތަކެއްހެން އޮތް ރާއްޖޭގެ ރަށްތަކުގެ ހުދު ދޮންވެލި ގޮނޑުދޮށްތަކަށް އެމީހުން އޮންނަ ލޯބި ބޮޑެވެ. މޫދަށް ޖެހިފައި އޮންނަ ލޯބީގައި އެތައް ގަޑިއިރުގެ ދަތުރެއްކޮށް ކަނޑުގައި ފީނާލާ ކަނޑު އަޑީގެ ހިތްގައިމު ތަޖުރިބާކޮށްލުމުގެ މަގުސަދުގައި ރާއްޖެއަށް ދަތުކުރާއިރު ޑައިވް ކުރުމުގައި ވެސް ނުރައްކާތެރި ހާދިސާތައް ހިނގުން މިވަނީ ރާއްޖޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފަ އެވެ. ފަތުރުވެރިންގެ އިތުރުން މި ނުރައްކަލާ ދިވެހިންނާ ވެސް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ކޮންމެ ދުވަހަކު ރާއްޖޭގެ ރީތިކަން ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ރާއްޖެއަށް ދަތުރުކުރެ އެވެ. އެމީހުންނަށް ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ އެވެ. އެގޮތުން ގަދަ ނޫކުލައިގެ ކަނޑުގައި ރަން މުތްތަކެއްހެން އޮތް ރާއްޖޭގެ ރަށްތަކުގެ ހުދު ދޮންވެލި ގޮނޑުދޮށްތަކަށް އެމީހުން އޮންނަ ލޯބި ބޮޑެވެ. މޫދަށް ޖެހިފައި އޮންނަ ލޯބީގައި އެތައް ގަޑިއިރުގެ ދަތުރެއްކޮށް ކަނޑުގައި ފީނާލާ ކަނޑު އަޑީގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމުގެ މަގުސަދުގައި ރާއްޖެއަށް ދަތުކުރާއިރު ޑައިވް ކުރުމުގައި ވެސް ނުރައްކާތެރި ހާދިސާތައް ހިނގުން މި ވަނީ ރާއްޖޭގައި ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފަ އެވެ. ފަތުރުވެރިންގެ އިތުރުން މި ނުރައްކަލާ ދިވެހިންނާ ވެސް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ފާއިތުވި ދެ މަހަށް ބަލާނަމަ ފީނަން އުޅެނިކޮށް ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވި ފަސް މީހަކު އިތުރު ފަރުވާއަށް އެކި ތަންތަނަށް ގެންގޮސްދިނުމަށް އެމްއެންޑީއެފްގެ އެހީއަށް އެދިފައި ވެއެވެ. މި އަދަދަކީ އެންމެ ދެ މަހުގެ ތެރޭގައި ހިނގި ހާދިސާތަކެއް ކަމުން މިކަމުގައި ހޭލުންތެރިވެ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ހާމަވެ އެވެ. މި ފަސް ހާދިސާގެ ތެރެއިން ތިން ހާދިސާއަކީ ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ތިން ހާދިސާ އެވެ. އަނެއް ދެމީހުންނަކީ ގދ. ގައްދޫ އަޒުމް ދޯނިން އެންދަމަން ފޭބި ދެ މަސްވެރިންނެވެ. އެގޮތުން ފަރުވާއަށް މީގެ ތެރެއިން އެއްބަޔަކު އައިޖީއެމްއެޗަށް ގެންދެވުނުއިރު ދެ މަސްވެރިން ގެންދިޔައީ ބަނޑޮސް އައިލެންޑް ރިސޯޓަށެވެ. އަދި ހާލު ދެރަވި މީހަކު ވަނީ އއ. ކުރަމަތީ އައިލެންޑް ރިސޯޓަށް ވެސް ގެންގޮސްފަ އެވެ.

ޑީކޯ ވަނީ ކިހިނެއް؟

ފީނަން ލައިސެންސް އޮންނަ ޑައިވަރަކު ކިޔައިދިން ގޮތުގައި ވައި ފުޅިއާއެކު ފުނަށް ފީނާ ނިމުމަށް ފަހު މައްޗަށް އަރަން ޖެހެނީ ވަކި ގޮތަކަށެވެ. އެގޮތުން ވަކި ވަކި މިންވަރަކަށް މަޑުކޮށްގެން އޮވެ މައްޗަށް އަރަން ޖެހޭއިރު އެކަން އެގޮތަށް ކުރުމަށް ޑައިވަރުން އާލާތްތަކެއް ވެސް ބޭނުން ކުރަން ޖެހެ އެވެ. އެކަމަކު ޑީކޯ ވަނީ އަމަލުކުރަން އޮންނަ ގޮތަށް ނުބަލައި މައްޗަށް އެރުމުން ހަށިގަނޑުގެ ތެރޭގައި އުފެދޭ ބޮކިތަކަކުން ލޭ ހޮޅި ބެދިގެންނެވެ.

ޑީކޯވާ މީހަކަށް އަވަސް ފަރުވާ ނުދެވިއްޖެ ނަމަ މީހާގެ ވާގި ނެތުން ނުވަތަ މަރުވުން ވެސް ގާތެވެ. މި ދައްކަނީ އެހާވެސް ނުރައްކާތެރި ބިރުވެރި ކަމެއްގެ ވާހަކަ އެވެ.

ޑީކޯވާ މީހުން، ޗެމްބަރަށް ލައިގެން ފަރުވާ ދޭން ޖެހޭއިރު ޗެމްބަރަށް ގެންދެވެންދެން އެމީހުންނަށް އޮކްސިޖަންގެ އެހީގައި ފަރުވާ ދޭން ޖެހެ އެވެ. ނޫން ނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ. ޑީކޯވާ މީހުންނަށް ފަރުވާ ދިނުމަށް ޗެމްބަރުތައް ރާއްޖޭގެ އެކި ރިސޯޓުތަކުގައި ހުރެ އެވެ. އެގޮތުން ޗެމްބަރަށް ލައި މޫދު އަޑީގެ ޕްރެޝަރަށް ބަދަލުކޮށް އެމީހުންނަށް ފަރުވާދެ އެވެ.

ހަމައެއް ލަމައެއް ނެތި ޑައިވް ކުރުން، ނުރައްކާ ބޮޑު ކަމެއް!

ރާއްޖޭގައި ޑީކޯވާ މީހުން އިތުރުވަމުން އަންނައިރު، ޑައިވަރަކު ބުނީ އެގޮތަށް ޑީކޯވާ މީހުން އިތުރުވަމުން އަންނަނީ އޮންނަ އުސޫލާ އެއްގޮތަށް މީހުން ޑައިވް ނުކުރާތީ ކަމަށެވެ. އެގޮތުން ޑައިވް ކުރުމަށް ރާއްޖޭގައި ހުއްދަދީފައިވާ އެންމެ ފުންމިނަކީ 30 މީޓަރު ނަމަވެސް މަސްވެރިން ވެސް އަދި އިތުރު އެހެން ބައެއް މީހުން ވެސް 55 މީޓަރު އަޑިއަށް ވެސް ޑައިވް ކުރާ ކަމަށެވެ. މިގޮތަށް ޑައިވް ކުރުމަކީ ނުރައްކާ ބޮޑު ކަމެކެވެ.

ހިުއްދަދީފައިވާ މިންވަރަށް ވުރެ ފުނަށް ކުރިން ޑައިވް ކުރި މީހަކު ކިޔައިދިން ގޮތުގައި ކުއްލިއަކަށް ބޮޑު ކަމެއް ދިމާނުވި ނަމަވެސް އެކަމުގެ ސަބަބުން ސިއްހަތަށް ނުރަނގަޅު އަސަރުތަކެއް ކުރަން ފެށި އެވެ. އެގޮތުން ލޯ ފުސްވެ، ލޮލުގައި ރިއްސުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ނޭވާލާން ވެސް އޭރު ދަތިވި ކަމަށް އެމީހާ ބުންޏެވެ. އަދި ޑައިވް ކުރުމުގައި ހާއްސަ ސަމާލުކަމެއް ވެސް ދޭން ފެށީ އެފަދަ ކަންކަން ކުރިމަތިވެ އެގޮތަށް ޑައިވް ނުކުރުމަށް ޑޮކްޓަރުން ވެސް އިލްތިމާސް ކުރި ހިސާބުންނެވެ.

ޑީކޯވާ މީހުން މަދުކުރަން ސަރުކާރުން ކުރަނީ ކޮން ކަމެއް؟

މިކަމުގައި ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން މިއަދާއި ހަމައަށް ލިބިފައިވާ މިންވަރު ކުޑަ އެވެ. މިކަމާ ކަންބޮޑުވެ ދާދި އެހަކަށް ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ.

މަސްވެރިން އެން ހޯދުމަށްޓަކައި އަޑިއަށް ފީނަން ޖެހި، އެކަމުގެ ތެރޭގައި އުޅެނިކޮށް ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައި ވާތީ މި މައްސަލަ ކަމާ ގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް މަޖިލީހަށް ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، މަސްވެރިން ފީނުމުގެ ތެރޭގައި ޑިކޯވެ އެތައް ބަޔަކަށް މިއަދު ސިއްހީ ބޮޑެތި އެތައް މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި ބައެއް މީހުން މުޅި އުމުރަށް އައްސި ބަލި ތަހައްމަލް ކުރަން ޖެހޭ ކަމަށެވެ. އަދި ޑިކޯވުމުން މަސްވެރިންނަށް ފަރުވާ ލިބޭނެ ހިސާބަކަށް އެމީހުން ގެންދިއުމަށްޓަކައި އަވަސް ފަރުވާ ދޭނެ އުޅަނދުތައް ވެސް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ނެތް ކަމަށެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޑީކޯވާ މީހުންގެ ނިސްބަތް ދަށް ނުކުރެވިގެން އުޅެނީ އެމީހުންނަށް ޑައިވް ކުރުމާއި ގުޅޭ ގޮތުން ލިބެން ޖެހޭ މައުލޫމާތުތައް ފޯރުކޮށްނުދެވޭތީ އެވެ. އެގޮތުން ބަޔަކު ކުރާތީ އެމީހުން ވެސް ޑައިވް ކުރަނީ ކަމަށް ސިފަކޮށް މިކަން ރާއްޖޭގެ މަސް ދޯނިފަހަރުތަކުގައި ވެސް އާންމުކޮށް ކުރަމުން އަންނައިރު ޑީކޯވާ މީހުންނަށް ފަރުވާދޭނެ އޮކްސިޖަން ފުޅިއެއްގެ މިންވަރު ވެސް ގިނަ ދޯނި ފަހަރުގައި ނުހުންނަކަން ފާހަގަކުރެވެ އެވެ.

ޑީކޯވާ މިންވަރު މަދު ކުރުމަށް މިހާތަނަށް އެދެވޭ ގޮތެއްގައި މަސައްކަތްތަކެއް ކުރެވިފައި ނުވި ނަމަވެސް އަންނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ހާއްސަކޮށް ޕަޑީގެ ޑައިވިން ޕްރޮގްރާމުތަކެއް ހިންގާނެ ކަމަށް ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވި އެވެ.

އެގޮތުން ޑައިވް ކުރާނެ ގޮތާއި ޑައިވް ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން އަވަސް ފަރުވާ ދޭނެ ގޮތާ ބެހޭ މައުލޫމާތު ވެސް ހިއްސާކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެކަން ކުރުމަށްޓަކައި މިހާރު ބަޖެޓް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ.

އެހެންކަމުން، އެއްވެސް ލައިސަންސެއް ނެތި ކުރާ ފަރާތްތަކަށް ޑައިވް ކުރުމާއި ގުޅޭ ގޮތުން އެދެވޭ ގޮތެއްގައި މައުލޫމާތު ދެވިއްޖެ ނަމަ ޑީކޯވުން ފަދަ ކަންކަން ކުރިމަތިވުން ދުރެވެ.

މިފަދަ ނުރައްކަލެއް ކުރިމަތިވާނީ ކޮން އިރަކުކަމެއް ނޭނގެ އެވެ. އެތައް ޒުވާނުންތަކެއް މިއަދު ވެސް ޑީކޯވެ ނުކުޅެދޭ ހާލުގައި ދިރިއުޅެމުން އަންނައިރު މިއީ މިއަދު ޑައިވް ކުރާ ފަރާތްތައް ވިސްނާލަން ޖެހޭ މުހިއްމު ކަމެކެވެ. މާދަމާ އެފަދަ ހާދިސާއެއް ދިމާވާނީ ކާކަށް ކޮން ވަގުތަކު ކަމެއް ނޭނގެ އެވެ. އެ ހިތްދަތި ކަމުގައި މުޅި ދިރިއުޅުން ހޭދަކުރުމުގެ ބަދަލުގައި އެފަދަ ބިރުވެރިކަމެއް މެދުވެރިވުމުވުގެ ކުރިން މިކަމަށް ސަމާލުވެ، ލައިސެންސެއް ނެތްނަމަ ޑައިވް ކުރަން އެކަނި ފުން ކަނޑަށް ފުންމާލުން ބުއްދިވެރިއެއް ނޫނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް