ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
އަމީން އިތުރުފުޅު ހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީން ބަލަނީ
ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
Advertisement

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީން 28 އޭޕްރީލުގައި މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އިތުރަށް ބޭނުންވާ 75 ވެންޓިލޭޓަރު ހޯދުމުގެ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓެޓިވް އޮފިސަރާއި ޔޫއޭއީގެ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފިސަރު މެދުވެރިކޮށް ވެންޓިލޭޓަރުތަކުގެ އަގު ބެލުމަށް ފަހު، ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލްގެ އަގު ބެލުމަށް ފަހު ސިންގަލް ސޯސް ޕްރޮކިއުމަންޓެއްގެ ތެރެއިން 20 އޭޕްރީލްގައި ހަވާލުކުރެވިފައިވާ ކަމަށެވެ. 

ހެލްތު މިނިސްޓަރުގެ އެ ސިޓީގައި އެހެން އޮތް ނަމަވެސް އޮޑިޓާ ޖެނަރަލްގެ އޮޑިޓް ރިޕޯޓުގައިވާ ކަންކަމާއި އިއްޔެ މާލިއްޔަތު ކޮމެޓީގައި އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ދެެއްކެވި ވާހަކަތަކަށް ބަލާއިރު އެކަމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށެވެ. 

"މި ބާވަތުގެ ކަންކަމަކީ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ބައްލަވާ ގޮތެއް ނިންމަވަން ޖެހޭ ކަންކަން. އަޅުގަނޑު އަމީންއާންމު އަރިހުން އެދޭނަން އޮޑިޓާ ޖެނަރަލް އެކަމާއި ގުޅިގެން ވިދާޅުވެފައިވާ ވާހަކަ ތިބޭފުޅުންނަށް އަނެއްކާ ވެސް ފާހަގަކޮށްދިނުމަށް،"

75 ވެންޓިލޭޓަރު ހޯދުމަށް ރާއްޖޭގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީހާއި ޔޫއޭއީގެ ކަންޓްރީ އޮފީސް މެދުވެރިކޮށް އަގު ބެލި ކަމަށް މިނިސްޓްރީން ބުނި ނަމަވެސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޑަބްލިއުއެޗްއޯއާއެކު އެއްވެސް ވިޔަފާރީގެ މުއާމަލާތެއްކޮށްފައި ނުވާ ކަމާއި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ފެންވަރުގެ ވެންޓިލޭޓަރު ސަޕްލައި ކޮށްދޭނެ ލިސްޓެއް ވެސް ފޯރުކޮށްދީފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް