ads
ހިޔާ ފްލެޓްތައް--
ގުޅީފަޅު އަދި ވެށިފަހި ފްލެޓް ގަތް މީހުންނަށް ހުޅުމާލެއިން ފްލެޓް ދޭން ނިންމައިފި
ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދޭން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އެންގުމެއްގައި ބުނެފައި ވަނީ އެ ފަރާތްތަކަށް ދެ ގޮތެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އެއީ ހިޔާ މަޝްރޫއުގެ 6720 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓެއް ހިޔާރު ކުރުން ނުވަތަ ފަހި ދިރިއުޅުނު ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތް ކުރާ 1700 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓެއް ހިޔާރު ކުރުމެވެ. 

ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު ފަރާތްތަކަށް ހައުސިން މިނިސްޓްރީން އަންގާފައި ވަނީ އެތަނުން ގޮތެއް ހިޔާރު ކުރުމަށް ފަހު، 27 އޮގަސްޓްގެ މެންދުރު 01:00 ގެ ކުރިން ލިޔުމުގައި ސޮއިކުރުމަށެވެ. 

އެގޮތުން މިއަދުން ފެށިގެން 27 އޮގަސްޓުގެ ނިޔަކަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 01:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން ލިޔުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް