ads
އެސްޓީއޯ-- ފޮޓޯ: ޕީއެސްއެމް ނިއުސް
އެސްޓިއޯގެ ހިއްސާދާރުންގެ ބޭންކު އެކައުންޓަށް ފައިދާ ޖަމާކުރަން ނިންމައިފި
އެސްޓިއޯގެ ހިއްސާދާރުންގެ ބޭންކު އެކައުންޓަށް ހިއްސާ ޖަމާކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓިއޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އަހަރު، އެސްޓިއޯގެ ހިއްސާގެ ފައިދާ ދޫކުރާ ގޮތަށް ހަމަޖެހިފައިވަނީ، ހިއްސާދާރުންގެ ބޭންކް އެކައުންޓަށް ކަމަށެވެ.
އަދި ހިއްސާދާރުގެ ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީކޮށްފައި ނުވާ ހިއްސާދާރުން ނުވަތަ އެކައުންޓް ބަދަލުވެފައިވާ ހިއްސާދާރުން، އެސްޓިއޯގެ "ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމް” މެދުވެރިކޮށް، އެކަން އެކުންފުންޏަށް އެންގުމަށް އެދޭކަމަށްވެސް އެސްޓިއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ހުށަހެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. 

މިއަހަރުގެ އެސްޓީއޯގެ އާންމު ޖަލްސާ ބާއްވަން ނިންމާފައި މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 ގަ އެވެ. އަދި ޖަލްސާ ކުރިއަށް ގެންދާނީ ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.  

މި އަހަރުގެ އޭޖީއެމްގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމުގެ ސުންގަޑި އަކީ އޮގަސްޓް 29 ވަނަ ދުވަހުގެ ހަވީރު 04:00 އެވެ. 

އެސްޓީއޯގެ އޭޖީއެމްގައި ފާއިތުވު އަހަރު އެކުންފުނިން ކުރިއަށް ގެންދިޔަ އޭޖީއެމްގެ ޔައުމިއްޔާ ފާސްކުރުމަށް ހުށައަޅާނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

އެސްޓީއޯ އިން ބުނީ މިދިޔަ އަހަރުގެ އޭޖީއެމްގެ ޔައުމިއްޔާއަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު 3 ޖޫން 2020 އިން ފެށިގެން 25 ޖޫން އަށް ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ޔައުމިއްޔާ އަށް އިސްލާހެއް ހުށައަޅާފައި ނުވާ ކަމަށެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް