ads
ފްރެޑީ ބްލޮމްގެ 116 ވަނަ އުފަން ދުވަހުގައި ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: އޭއެފްޕީ
ދުނިޔޭގެ އެންމެ މުސްކުޅި ފިރިހެން މީހާ 116 އަހަރުގައި މަރުވެއްޖެ
ދުނިޔޭގައި ހުރި އެންމެ މުސްކުޅި ފިރިހެން މީހާ އުމުރުން 116 އަހަރުގައި މަރުވެއްޖެ އެވެ.

ސައުތު އެފްރިކާއަށް ނިސްބަތްވާ ފްރެޑީ ބްލޮމްގެ އައިޑީ ކާޑުގައިވާ ގޮތުން އޭނާ އުފަންވެފައި ވަނީ މޭ 1904 ގައެވެ. 

ނަމަވެސް ދުނިޔޭގެ ރިކޯޑް ފޮތުން އެކަން ކަށަވަރުކޮށް، އޭނާއަށް ޖާގަދީފައެއް ނުވެ އެވެ. 

ފްރެޑީ ބްލޮމް ކުޑައިރު، 1918 ގައި ދުނިޔެއަށް އައި ސްޕެނިޝް ފްލޫ ބަލިމަޑިކަމުގައި އޭނާގެ މުޅި އާއިލާ ވަނީ ނެތިގެން ގޮސްފަ އެވެ. 

ދެ ބޮޑު ހަނގުރާމަ އާއި ކަޅު ނަސްލުގެ މީހުންނަށް ސައުތު އެފްރިކާގައި ފުރިހަމަ މިނިވަންކަން ލިބިގެން ދިޔައިރު، ފްރެޑީ ބްލޮމް ވަނީ އެކަންކަން ތަޖުރިބާކޮށްފަ އެވެ. 

ބީބީސީއަށް ދިން އިންޓަވިއުއެއްގައި 2018 ވަނަ އަހަރު އޭނާ ބުނެފައި ވަނީ އުމުރު ދިގުވުމުގެ ވަކި ސިއްރެއް ނެތް ކަމަށެވެ. 

އާމްދަނީ ހޯދުމަށް ބުރަ މަސައްކަތް ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި ދަނޑުތަކުގައި އޭނާ ކޮށްފައި ވެއެވެ. ފްރެޑީ ބްލޮމް ރިޓަޔާ ކުރީ އުމުރުން 80 އަހަރަށް ފަހު އެވެ. 

މަރުވުމާ ހަމައަށް ވެސް ފްރެޑީ ބްލޮމް އަކީ ދުންފަތުގެ އިސްތިއުމާލު ކުރި މީހެކެވެ. އޭނާ މަރުވެފައި ވަނީ ގުދުރަތީ މަރަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް