ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކިނޮޅަހުން މިއަދު ޕޮޒިޓިވްވެފައި ވަނީ އުމުރުން 53 އަހަރުގެ ފިލިޕިންސްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
އަދި ދުވާފަރުން ވަނީ އުމުރުން އަހަރުގެ ފިރިހެން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
އެޗްއީއޯސީން ބުނީ ކިނޮޅަހުން ޕޮޒިޓިވްވި މީހާގެ އިތުރުން ދުވާފަރުން ކުޑަ ކުއްޖާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލުގެ ނަތީޖާ މިއަދު ލިބުމުން ކަމަށެވެ.