ads
ޑރ. މުހައްމަދު ޝަހީމް--
ދައުވާ ކުރަނީ ސިޔާސީ މުސްތަގްބަލް ދުއްވާލުމަށް: ޝަހީމް
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މަސައްކަތަށް ހުރަސްއަޅައި ސިޔާސީ މުސްތަގްބަލް ދުއްވާލަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މަސައްކަތަށް ހުރަސްއަޅައި ސިޔާސީ މުސްތަގްބަލް ދުއްވާލަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް އެހެން ވިދާޅުވެފައި ވަނީ އަފްރާޝީމްގެ މަރުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންނާއި، ގޮތް ނޭންގޭ މަރުތައް ބަލަމުން އަންނަ ކޮމިޝަނުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖ) އޮފީހަށް ފޮނުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގަ އެވެ.

ޝަހީމް ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް މައްސަލައެއް ނޫން ކަމަށާއި، ދައުވާ ކުރަނީ އޭނާގެ މަސައްކަތަށް ހުރަސްއަޅައި، ސިޔާސީ މުސްތަގްބަލް ދުއްވާލަން ކަމަށެވެ.



މަރު ކޮމިޝަނުން ބުނެފައި ވަނީ އެ ކޮމިޝަނުން ބަލަމުން ގެންދިޔަ އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޝަހީމް ދޮގު މައުލޫމާތު ދެއްވައި، އެ ތަހުގީގަށް ހުރަސްއަޅުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ޝަހީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައިގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށްފައިވެ އެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް ފާސްކުރި މީހުންގެ ތެރޭގައި ޝަހީމްގެ ނަން ހިމެނެ އެވެ.

މި މައްސަލައިގައި ޝަހީމް މީގެ ކުރިން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ، މި ކަންކަމަކީ އޭނާގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް