ads
ޑރ. މުހައްމަދު ޝަހީމް-- ފޮޓޯ: އަވަސް
ޝަހީމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ޑރ. ޝަހީމް އެ ތަހުގީގަށް ހުރަސްއަޅުއްވާފައިވާ ކަމަށެވެ.

އެހެން ކަމުން އެ މައްސަލައިގައި ޑރ. ޝަހީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ކޮމިޝަނުން ކުރި ޓްވީޓްގައި ވެއެވެ.



ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށްފައިވެ އެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް ފާސްކުރި މީހުންގެ ތެރޭގައި ޑރ. ޝަހީމްގެ ނަން ހިމެނެ އެވެ.

މި މައްސަލައިގައި ޑރ. ޝަހީމް މީގެ ކުރިން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ، މި ކަންކަމަކީ އޭނާގެ އަބުރު ކަތިލުމަށް އެމްޑީޕީން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް