އެ ރިސޯޓު ހިންގަނީ ޝަންގްރިލާ މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި "އައަޑޫ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް"އިންނެވެ.
އޭޕްރިލް މަހުން ފެށިގެން ބަންދުކޮށްފައި ހުރި ރިސޯޓު ހުޅުވައިގެން ހިންގޭނެ ކަމަށް ނުފެންނާތީ މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް އެތަން ވަނީ ބަންދުކޮށްފަ އެވެ.
އޭގެ އިތުރުން މެއިންޓެނަންސަށް ބޭނުންވާ މަދު މުވައްޒަފުން ފިޔަވައި އެހެން އެންމެން ވަޒީފާއިން ވަކި ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
ލޮކްޑައުނަށް ފަހު ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވި ނަމަވެސް ރިސޯޓުތަކަށް އަންނަނީ މަދު އަދަދެއްގެ ފަތުރުވެރިންނެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ފަސްވަނައަށް އުފެއްދުންތެރިކަން އެންމެ ދަށްވެފައިވާ ގައުމުގެ ގޮތުގައި ރާއްޖެ މިހާރު ވަނީ ފާހަގަވެފަ އެވެ.