ޕީޖީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަނު ކުރުން ހޮނިހިރު ދުވަހު
04 ޑިސެމްބަރ 2019 - 09:52:35
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަޤާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަނު ކުރުން ހޮނިހިރު ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަޤާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަނު ކުރުން ހޮނިހިރު ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ހުންނެވި، އައިޝަތް ބިޝާމް އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ބިޝާމް އެ މަޤާމުން އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރަމުން ދަނިކޮށެވެ.
ޕީޖީގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމްގެ ނަމެވެ. އަދި ޝަމީމަށް ރުހުން ދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެ މަޤާމުން ދުރުކުރުމާއި ގުޅިގެންނާއި، ކުރީގެ ފަނޑިޔާރު އަބްދުﷲ އަރީފު ފަނޑިޔާރު ކަމުން ރިޓަޔާ ކުރުމުން އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާނު އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވި އެވެ. އަދި އެ ދެބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ މި ދައުރުގެ ފަހު ޖަލްސާގައި ޕީޖީގެ މަޤާމަށާއި، އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤަމަށް ބޭފުޅުން އައްޔަނު ކުރެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް