ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި މިނިމަމް ވޭޖް ބިލް ޖޮއިންޓް ކޮމިޓީން މިހާރު ވަނީ ދިރާސާކޮށް ނިމިފަ އެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އޮތް ހަތް ސިނާއަތުގެ ތެރެއަށް އިތުރު ދެ ސިނާއަތެއް މިހާރު ވަނީ ހިމަނާފަ އެވެ. އެއީ:
ވޭޖް ބޯޑުގެ ލަފާގެ މަތިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އަމުރު ނެރެން ޖެހެނީ މިނިސްޓަރެވެ. އެގޮތުން ނެރޭ ފުރަތަމަ އަމުރު 2021 ވަނަ އަހަރު ނިމުމުގެ ކުރިން ތަންފީޒު ކުރަން ވަޒީފާދޭ ފަރާތްތަކަށް ލާޒިމްވާނެ ކަމަށް ބިލުގައި ވެއެވެ.
ޖުމްލަ 11 މެމްބަރުން ހިމެނޭ ވޭޖު ބޯޑުގެ ޗެއާޕާސަނަކަށް ވާނީ އިކޮނޮމިކް މިނިސްޓަރު އައްޔަނުކުރާ ބޭފުޅެކެވެ. ދެން އެ ބޯޑު ހިމެނޭނީ ފިނޭންސް މިނިސްޓަރު ހުށަހަޅާ ފަރާތަކާއި ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރަކާއި މަސައްކަތްތެރީން ތަމްސީލުކުރާ ފަސް މެމްބަރުންނެވެ.