ads
މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ޑިޖިޓަލް ގަވަމަންޓް ޓްރާންސްފޮމޭޝަންއާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޑިޖިޓަލް ގަވާމަންޓް ޓްރާންސްފޮމޭޝަން އާއި ބެހޭގޮތުން އިންފޮމޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީއިންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މުހައްމަދު ޝަރީފް އާއި މިނިސްޓްރީ އޮފް ފިޝަރީސް އަދި މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ޝާފިއާ އާމިނަތު އާއި މިނިސްޓްރީ އޮފް ޑިފެންސްގެ ޝާން މަންސޫރު ގެ އިތުރުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ފާތިމަތު ހިލްމީ އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ އަބްދުﷲ ފަޔާޒް އަދި އެޓާނީ ޖެނެރަލް އޮފީހުގެ އަހްމަދު ޝިޔާއުއެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ ޑިޖިޓަލް ގަވާމަންޓް ޓްރާންސްފޮމޭޝަން އަށް ބޭނުންވާ ޑްރައިވް އިނީޝިއޭޓިވްއަށް ކަމަށެވެ. 

މިނިސްޓްރީން ބުނީ ޑްރައިވްގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަކަށް ބޭނުންވާ ވިޝަން އަދި އާކިޓެކްޗާ ތަރައްގީކުރުން ކަމަށެވެ. އަދި މި ތަރައްގީއާއިއެކު މިނިސްޓްރީތަކަށާއި ޕަބްލިކް ސެކްޓާ އޭޖެންސީތަކަށް ޑިޖިޓައިޒޭޝަންގެ މަސައްކަތްތައް އެއަށް ބިނާކޮށް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި އިނީޝިއޭޓިވް އަށް ބޭނުންވާ ރިފަރެންސް އާކިޓެކްޗާ އާއި އެޑޮޕްޝަން ގައިޑް މުސްތަގުބަލުގައި ތައްޔާރުކޮށް، ބޭނުންކުރާނެ ގޮތް ދަސްކޮށްދެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް