މިއީ ނިއުޒީލެންޑުގެ ތާރީހުގައި ވެސް ޕެރޯލް ނެތި ނުވަތަ މިނިވަން ވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތި މީހަކު ޖަލަށް ހުކުމް ކުރި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ބްރެންޓަން ޓެރަންޓަކީ ނަސާރާ ހަރުކަށި ވިސްނުމުގެ މީހެކެވެ. އޭނާ ވަނީ މިސްކިތަށް ދިން ހަމަލާގައި 51 މީހުން މަރާލި ކަމަށާއި، އިތުރު 40 މީހުން މަރާލުމަށް މަސައްކަތް ކުރި ކަމަށް އެއްބަސްވެފަ އެވެ.
ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ ބްރެންޓަނުގެ އަމަލުތަކަކީ "ލާއިންސާނީ" އަމަލުތަކެއް ކަމަށާއި، އެކަން ކުރުމުގައި އޭނާ އިހުސާންތެރިކަމެއް ދައްކާފައި ނުވާ ކަމަށެވެ.
މިދިޔަ މާޗް މަހު ދިން އެ ހަމަލާތައް ވަނީ ޓީވީން ވަގުތުން ދައްކާފަ އެވެ. އެ ހަމަލާތަކަށް ފަހު، ނިއުޒީލެންޑުން ވަނީ ބަޑި ގެންގުޅުމާ ބެހޭ ގާނޫނުތައް ހަރުކަށިކޮށްފަ އެވެ.