އެމްޓީސީސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 72 އިންސައްތަ އާއި ބޭރުތޮށިލުމުގެ މަސައްކަތުގެ 97 އިންސައްތަ ނިންމާލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ މައުލޫމާތު ދީފަ އެވެ.
އެ މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި، 644 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 182 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2 ޖުލައި 2019 ގައެވެ.