ads
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އައިސްޕްލާންޓް ހަވާލުކުރި ކުންފުންޏަށް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުން: ޒަހާ
ކ. ގާފަރާއި، ރ. މަޑުއްވަރީގައި ގާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވުނު ނަމަ މިއަހަރުގެ މޭއި މަހު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި އެކަމަކު މަސައްކަތް ހަވާލުކުރި ކުންފުންޏަށް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން މިހާރު އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެގްރިކަލްޗާ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
Advertisement

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކ. ގާފަރާއި ރ. މަޑުއްވަރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލްޓް ވޯޓާ އައިސްޕްލާންޓްގެ މަސައްކަތް ބީލަމުގެ އުސޫލުން ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާ އެވެ. 

އެހެންނަމަވެސް ޕީއެސްއެމްގެ ޕްރޮގްރާމްގައި މިނިސްޓަރު ޒަހާ ވިދާޅުވީ އެކުންފުންޏަށް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން މިހާރު އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލާ އެ މަސައްކަތް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. 

އެއާއެކު ކުރިއަށް އޮތް ހަތަރު މަސްތެރޭގައި އެ މަސައްކަތް ނިމިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައިސްޕާލާންޓްގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވުނު ނަމަ މިއަހަރުގެ މޭއި މަހު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"ހަގީގަތަކީ ކ.ގާފަރުގައާއި އަދި ރ. މަޑުވަރީގައި އަޅާފައިހުރި އައިސްޕްލާންޓްތައް މިއީ ނިމިދިޔަ މެއި މަހާ ހިސާބަށް ވާންޖެހޭނީ ނިމިފަ. އެދެވިފައިވާ މުއްދަތަށް އެބޭފުޅުންނަށް ޓެންޑާކޮށްގެން ހަވާލުކުރި ފަރާތްތަކަށް އެމަސައްކަތް ނުކުރެވި ވަނީ. އެހެންވީމަ އެ ޕްރޮޖެކްޓް މިހާރު ވަނީ ޓާމިނޭޓް ކުރެވި އަދި ދިވެހި ސަރުކާރުން އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ މިފްކޯ މެދުވެރިކޮށް އެ ޕްލާންޓްއަޅުމުގެ މަސައްކަތް މިއަހަރުތެރޭ ނޫނީ ކުރިއަށްއޮތް ހަތަރު މަސްތެރޭ އަޅުގަނޑުމެންނަށް ނިންމާލެވޭނެކަމުގައި އަޅުގަނޑުމެން އުންމީދުކުރަނީ"

މިނިސްޓަރު އިތުރަށް ވިދާޅުވީ ފ. ފީއަލީގައި ވެސް އިތުރު އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި ސައުދީ ސަރުކާރުގެ އެހީގައި ރާއްޖޭގެ 5 ސަރަހައްދެއްގައި އައިސްޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް