ads
މަސްވެރިކަން ކުރަނީ -- ފޮޓޯ: ޕީއެސްއެމް ނިއުސް
މަސްވެރިކަމުގެ މެނޭޖްމެންޓް ޕްލޭންތަކަށް އާންމުންގެ ހިޔާލު ހޯދަނީ
މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މިނިސްޓްރީން ހަދަމުންދާ މެނޭޖްމަންޓް ޕްލޭންތަކަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން "ދިވެހިރާއްޖޭގެ ފާނަ މެނޭޖުކުރުމާބެހޭ ޕްލޭން" އާއި "ދިވެހިރާއްޖޭގެ ހުއިފިލަނޑާ މެނޭޖުކުރުމާބެހޭ ޕްލޭން" އަދި "ދިވެހިރާއްޖޭގެ ހިބަރު މަސްވެރިކަން މެނޭޖުކުރުމާބެހޭ ޕްލޭން" އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ ޕްލޭންތަކަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު އެހެނިހެން ބާވަތުގެ މަސްވެރިކަމުގެ ޕްލޭންތަކާއިމެދު ވެސް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާނެކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ވަރަށް ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަސްވެރިކަމާ ބެހޭ އާ ގާނޫނަށް އަމަލު ކުރަން ފެށި ތާރީހުން ފެށިގެން ހަ މަސް ތެރޭގައި ގަވާއިދުތައް ހަދަން ޖެހޭއިރު އެކަން އެ މިނިސްޓްރީން ކޮށްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

މަސްވެރިކަމުގެ އާ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހެ އެވެ. ނަމަވެސް، އެ މުއްދަތުގައި އެ މަސައްކަތް ކުރެވިފައި ނުވާތީ، މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓުގައި މިނިސްޓަރު ޒަހާ ގާނޫނާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް