ރޭ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ހެންވޭރުގައި ހުންނަ ކެފޭއެއްގަ އެވެ. އެތަނުން އަލިފާންގަނޑު ވަނީ އެހެން ދެ އިމާރާތެއްގައި ހިފާފަ އެވެ.
އަލިފާން ރޯވުމާ ގުޅިގެން އެ ސަރަހައްދުގެ ހުރިހާ އިމާރާތަކުން މީހުން ހުސްކޮށް، ކަލާފާނު ސްކޫލުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ތައްޔާރު ކުރި އެވެ.
ނަމަވެސް އެންޑީއެމްއޭއިން ބުނީ މިހާތަނަށް އެއްވެސް ފަރާތަކުން ވަގުތީ ބޯހިޔާވަހިކަމަށް އެދިފައި ނުވާ ކަމަށާއި، އަލިފާންގަނޑު ނިއްވާލުމުން ގެތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު މީހުން ދިރިއުޅެން ފަށާފައިވާ ކަމަށެވެ.
އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް އިމާރާތްތަކަށް ވަނީ ގެއްލުންތައް ވެފަ އެވެ.