ads
މޫސާ ސިރާޖް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހައިޟުވުމާއި ގުޅިގެން މަހަކު އެއްދުވަހު ޗުއްޓީ ދިނުމަށް ހުށަހަޅައިފި
ހައިޟުގެ ޗުއްޓީ ކޮންމެ އަންހެން މުވައްޒަފަކަށް މަހަކު އެއްފަހަރު ދިނުމަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

މޫސާ ސިރާޖް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަށް ހައިޟުވުމާ ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި ކޮންމެ މަހަކު މުސާރަލިބޭ ގޮތަށް އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށެވެ. 

މީގެ އިތުރުން އެ ޗުއްޓީގެ ބޭނުން ނުކޮށް ވަޒީފާއަށް ނުކުންނަނަމަ، ކޮންމެ މަހަކަށް ދެވޭ މުސާރައިގެ އިތުރުން އެ މުވައްޒަފުގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު ދޭންވާނޭ ކަމަށްވެސް އިސްލާހުގައި ވެއެވެ. އަދި މި އިސްލާހުގައި ބުނެފައިވަނީ އެ ޗުއްޓީގެ ހައްޤުކަން ސާބިތުކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. 

އިސްލާހު ހުށަހެޅި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހައިޟުގެ މުއްދަތުގައި ޗުއްޓީ ދިނުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަނެ އަމަލުކުރަމުން ގެންދާ އުސޫލެއްކަމަށެވެ. އަދި ރާއްޖޭގައި މި އުސޫލު ކަނޑައެޅިގެން ދިއުމަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ލިބޭ ލުޔަކަށްވާނޭކަމަށާއި، އަދި މިކަމުގެ ސަބަބުން ވަޒީފާ އަދާކުރުމަށް އަންހެނުންނަށް އިތުރު ހިތްވަރަކަށް ވަނޭކަމަށް ފެންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް