އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީ ފިރިހެނަކު ހުއްޓުވައިފި އެވެ.

Advertisement
އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީ ފިރިހެނަކު ހުއްޓުވައިފި އެވެ.
މި މީހާ ހުއްޓުވާފައިވަނީ ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރަނިކޮށް ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފަ އެވެ.
އިމިގްރޭޝަނުން ބުނީ މިމައްސަލައިގައި ހުއްޓުވާފައިވަނީ އުމުރުން 23 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
މިމީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުން އިމިގްރޭޝަނުން ހުއްޓުވަމުންގެންދާ އިރު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީ އަންހެނަކު މިދިޔަ މަހުގެ 26 ވަނަ ދުވަހު ވެސް ވަނީ ހުއްޓުވާފަ އެވެ.
ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީން ގިނަވަމުންދާ ކަން އިމިގްރޭޝަންގެ މައުލޫމާތުތަކަށް ބަލާއިރު އެނގެ އެވެ.