ads
ށ. ފޭދޫ--
ށ. ފޭދޫ ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި
ށ. ފޭދޫ ކައުންސިލް ރައީސް މުހައްމަދު މުސްތަފާ އިސްމާއިލްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި އެވެ.

ފޭދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާމިރު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހެންދުނު 10:00 ގައި ބޭއްވި ޖަލްސާގައި ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ކަމާގުޅޭ ލިޔެކިޔުންތައް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ޖުމުލަ ތިން މެމްބަރުން ތިބޭ ށ. ފޭދޫ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ދެންތިބި ދެ މެމްބަރުންގެ ވޯޓުންނެވެ. 

ޝާމިރު ވިދާޅުވީ ފޭދޫ ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓް ނެގީ ރައީސް މަގާމުން ދުރުކޮށްދިނުމަށް އެދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެމުން ދިއުމުގެ ސަބަބުންކަމަށެވެ. އެގޮތުން ރައްޔިތުންގެ ތެރެއިން 306 މީހުން ސޮއި ކޮށް ކައުންސިލަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި ކައުންސިލް ހިންގުމުގައި ވެސް ކަންކަމުގައި އިހުމާލުވާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ. 

ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރި ނަމަވެސް އެއާއި މެދު ގޮތެއް ނިންމާނީ އެލްޖީއޭއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް