ads
ހުކުރު މިސްކިތް
މޫސުން ގޯސްވުމުން ހުކުރު މިސްކިތުގެ މަސައްކަތް ހުއްޓިފައި
މޫސުން ގޯސްވުމުން މާލެ ހުކުރު މިސްކިތުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކޮށްދޭ ގައުމީ މަރުކަރުން ބުނެފައިވެއެވެ.
މޫސުން ގޯސްވުމުން މާލެ ހުކުރު މިސްކިތުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކޮށްދޭ ގައުމީ މަރުކަޒުން ބުނެފި އެވެ.

އެމަރުކަޒުން ނެރެފައިވާ ބަޔާނެއްގައި ބުނީ ހުކުރު މިސްކިތުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މޫސުން ގޯސްވުމުން އެ މަސައްކަތް ކުރެވޭގޮތް ނުވެފައިވާ ކަމަށެވެ.

"އުވަ އަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަވި ލިބިގެން މެނުވީ ހިކޭ އެއްޗެއް ނޫނެވެ. އަދި މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަފިލުވުމުވަށްޓަކާ އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިކުމަށްޓަކާ ވަގުތު ބޭނުންވެއެވެ." ބަޔާނުގައިވެ އެވެ.

މުންނާރަކީ އަސާރީ ތަރިކައެއް ކަމުން، އެ އިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވާއިރު، އެއީ އެ މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެހެންކަމުން މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި ކަނޑައެޅިފައިވާ ތަރިކަ ރައްކާތެރިކުރުމުގެ އުސޫލުތަކާއި އެއްގޮތަށް، މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަފިލުވައި ރީތިކުރުމުގެ މަސައްކަތެ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.

މާލެ ހުކުރު މިސްކިތު މުންނާރަކީ 300 އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކަ އެކެވެ.

މިބަޔާނުގައި ބުނީ އެ މަރުކަޒުން މަސައްކަތް ކުރަމުން ދަނީ މުންނާރު ރައްކާތެރިކޮށް، ޒަމާންތަކަށް ދެމިގެން ދާނޭހެން އެތަން ބެލެހެއްޓުމަށް ކަމަށެވެ.

މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަލާފައިވާ ބިނާއެއްކަމުން، އެ ތަން މިހާރުވެސް އާބާތުރަ ފިލުވައި، ބަލަހައްޓަމުން ގެންދަނީ ކޮންޒަވޭޝަންގެ ހަމަތަކާ އެއްގޮތަށް ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހުކުރު މިސްކިތުގެ މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލަ އާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެއް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މުންނާރަކީ ހިރިގަލާ އުވައިން ހަދާފައިވާ ތަނަކަށް ވާތީ މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކާ ކަމަށްވެސް މަރުކަޒުން ބުނެ އެވެ. އެހެންކަމުން މިހާތަނަށް ބޭނުންކުރަމުން އަންނަނީ އުވަ ކަމަށްވެސް މަރުކަޒުން ބުނެ އެވެ.

މަރުކަޒުން އިތުރަށް ބުނީ ހުކުރު މިސްކިތުގެ މުންނާރު ދޮވެ، ސާފުކޮށް، އާބާތުރަ ފިލުވުމަށް މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތަކުގެ އިތުރުން، ދާދި ފަހުން ވެވުނު ފަހުމުނާމާއެއްގެ ދަށުން، ސްޓެލްކޯއ އާއި ގުޅިގެން މުންނާރާއި ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި ހަތަރު ފެންވަޅު ސާފުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް މިހާރުވެސް ތައްޔާރުވެފައިވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް