ads
ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު މިވަނީ ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކުރެވިފައި
ޗާންދަނީމަގު ވަންވޭއަށް ބަދަލުތަކެއް، އެއްބައި މިހާރު ދެކޮޅަށް ދުއްވޭ
ބޮޑޮތަކުރުފާނު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަތީ ޗާންދަނީމަގުގައި ކުރިން އެއްކޮޅަށް ދުއްވާ ސަރަހައްދެއް ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފިއެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ބުނީ ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު މިވަނީ ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކޮށްފައިކަމަށެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.  

އެ މަސައްކަތުގެ ދަށުން މަގުން ފުޅާ ކުރަންކެހޭ ސަރަހައްދު ފުޅާކޮށް ހިއްކާ ނިންމާ މިހާރު އަންނަނީ މަގުގައި ހޮޅި ވަޅޫމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ ހަފްތާގައި މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ވަނީ ނިންމާފައެވެ. 

your imageބޭރުމަގު ޒަމާނީ ފެންވަރަށް ތާރު އަޅާ ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިންމާ އަންނަ މަހުގެ 26 އަށް ހުޅުވުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;