މޯދީގެ އެކައުންޓުން ވަނީ ރިލީފް ފަންޑަކަށް ކްރިޕްޓޮކަރަންސީ ފޮނުވުމަށް އެދޭ ޓްވީޓުތަކެއް ކޮށްފަ އެވެ.
ޓްވިޓާއިން ބުނީ އެކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކައުންޓު ސެކިޔަ ކުރަން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މި ދޭތެރެއިން ވަނީ ނަން މަޝްހޫރު ގިނަ ބައެއްގެ ޓްވިޓާ އެކައުންޓު ހެކްކޮށްފަ އެވެ.
އޭގެ ތެރޭގައި އެމެރިކާގެ ރައީސްކަމަށް ވާދަކުރައްވާ ޖޯ ބައިޑަން އަދި ޓެސްލާގެ ފައުންޑާ އިލޯން މަސްކް އެވެ.
މޯދީގެ ރަސްމީ ޓްވިޓާ އެކައުންޓު 2.5 މިލިއަން މީހުން ފޮލޯ ކުރެ އެވެ. އަދި ނުރަސްމީ އެކައުންޓު 61 މިލިއަން މީހުން ފޮލޯ ކުރެ އެވެ.