ads
ރައީސް ސޯލިހު---ފޮޓޯ:ވަން އޮންލައިން
ރައީސްގެ ހަށިކޮޅުގައި ހުޅު ޖަހަން ގޮވާލި މައްސަލަ ބަލަނީ
ޗެނަލް13 ގެ ޕްރޮގްރާމެއްގައި ބައިވެރިވި މީހަކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭ ކަމަށް ބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކީ ޗެނަލް13ގެ "ރައްޔިތުންގެ އަޑު" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ބައިވެރިވި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ފެންނަ ކަމަށެވެ. 

ލައިވްކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ފޯނުން ގުޅައި މީހަކު ދެއްކި ވާހަކައެއްގެ ތެރެއިން އެގޮތަށް ބުނި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފަ އެވެެ. 

އަދި އެމައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ. 

އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަން ކުށްވެރިކުރަމުންނެވެ. 

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13 އިން ލައިވް ކޮށްފައިވާތީ، މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް